ޗެލްސީ ބަލިވެ ލަމްޕާޑަށް ޕްރެޝަރު ބޮޑުވެއްޖެ

ޗެލްސީ ބަލިވެ ލަމްޕާޑަށް ޕްރެޝަރު ބޮޑުވެއްޖެ

Author
މުޙައްމަދު ޝަޒައިމް
16 ޑިސެމްބަރ 2020 09:59
0

އިނގިރޭސީ ލީލުގައި ރޭ ރަށުން ބޭރުގައި ވުލްވްސް އަތުން 2-1 އިން ބަލިވެ ޗެލްސީގެ ކޯޗް ފްރޭންކް ލަމްޕާޑަށް އިތުރު ޕްރެޝަރާއި ކުރިމަތިލާން ޖެހިއްޖެއެވެ.

ފާއިތުވެދިޔަ 4 ދުވަސް ތެރޭގައި ލީގުގައި ކުޅުނު 2 މެޗުންވެސް ޗެލްސީ ވަނީ ބަލިވެފައެވެ. ވަރުގަދަ ސްކޮޑަކާއިއެކު ލީގުގައި ވާދަކުރަމުންދާ ޗެލްސީއަށް އެދެވޭ ކުޅުމެއް ނުދެއްކޭތީ ލަންޕާޑަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. ވުލްވްސް އަތުން ޗެލްސީ ބަލިވީ ޗެލްސީން ލަޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި އެޓީމުން ޖެހި ދެގޯލުންނެވެ.

ވުލްވްސް ދަނޑުގައި ރޭ ކުޅުނު މެޗުގެ ދެ ވަނަ ހާފް ފަށައިގެން ހަތަރު މިނިޓް ތެރޭ ޗެލްސީ އަށް ލީޑުނަގައިދިނީ އޮލިވިއޭ ޖިރޫޑްއެވެ. ނަތީޖާ ހަމަހަމަކުރަން ވުލްވްސް އިން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗުގެ 66 ވަނަ މިނިޓްގަ އެވެ. އޭރިިއާ ތެރެއިން ޗެލްސީގެ ދެ ޑިފެންޑަރުން ކައިރިން ޖާގައެއް ހޯދުމަށް ފަހު ވުލްވްސްގެ ޑެނިއަލް ޕޮޑެންސް ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ. މި ގޯލާއިއެކު ވުލްވްސް އިން ދިޔައީ ފުލު ފުލުގައި ޗެލްސީގެ ގޯލަށް ބާރުބޮޑު ކުރަމުންނެވެ.

މެޗުގައި ވުލްވްސް އިން 3 ޕޮއިންޓް ޔަގީން ކުރީ ފުރިހަމަ ވަގުތު ހަމަވެ، ދެއްކި އިތުރުވަގުތުގައި ޖެހި ގޯލުންނެވެ. މިގޯލް ޖެހީ ރޭގެ މެޗުގައި މޮޅު ކުޅުމެއްދެއްކި ޕެޑްރޯ ނެޓޯއެވެ. މި މޮޅާއެކު ވުލްވްސް ވަނީ ލީގުގެ  13 މެޗުން 20 ޕޮއިންޓް ހަމަކޮށް އެ ޓީމު ވަނީ ލީގުގެ 10 ވަނަ އަށް އަރައިފައެވެ. ޗެލްސީ މި ވަގުތު ފަސްވަނާގައި އޮތީ 13 މެޗުން 22 ޕޮއިންޓާ އެކުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.