ޕާކިސްތާނުގެ އިންތިޚާބު: މައިނޯރިޓީ ޖަމާއަތްތަކުން އެމީހުންގެ ޙައްޤުތައް ހޯދުމަށް ޑިމާންޑް ކުރަނީ

ޕާކިސްތާނުގެ އިންތިޚާބު: މައިނޯރިޓީ ޖަމާއަތްތަކުން އެމީހުންގެ ޙައްޤުތައް ހޯދުމަށް ޑިމާންޑް ކުރަނީ

Author
ހުސެއިން
27 ޖެނުއަރީ 2024 12:18
0

ޕާކިސްތާނުގައި ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރު ކުރަމުން އަންނަ އާންމު އިންތިހާބު އަންނަ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

އެގޮތުން މި ވޯޓުގައި ހައްގު ހޯދުމަށް ޕާކިސްތާނުގެ ކްރިސްޓިއަނުންނާއި ހިންދޫން ހިމެނޭ އެންޖީއޯ މައިނޯރިޓީ ކޮންސާން ޕާކިސްތާން (އެމްސީޕީ) ގައި ތަމްސީލުކުރާ ދީނީ މައިނޯރިޓީން ވަނީ ދިހަ ނުކުތާއެއްގެ މެނިފެސްޓޯއެއް ޝާއިއުކޮށްފަ އެވެ. އަދި ޕާކިސްތާނުގައި ދީނީ މައިނޯރިޓީންގެ ހައްގުތަކަށް ނުރައްކާވާކަން ގަބޫލުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް އެ ފަރާތްތަކުން އިލްތިމާސް ކުރެ އެވެ. އެގޮތުން އެ ފާާތްތަކުން ޑިމާންޑް ކޮށްފައިވަނީ، އާންމު އުސޫލެއް އެކުލަވައިލާ "މައިނޯރިޓީ ރައިޓްސް އަށް ޕާކިސްތާނުގެ ސިޔާސީ މަރުހަލާއާއި ވެރިކަމުގެ ނިޒާމުގައި ބޮޑު ޖާގައެއް ލިބެން ޖެހޭނެ" ކަމަށެވެ. ދެވަނަ ނުކުތާގައި ފާހަގަ ކޮށްފައިވަނީ، ޤައުމުގެ ބާނީ މުޙައްމަދު ޢަލީ ޖިނާޙް، އިސްލާމީ ދައުލަތެއްގެ ބަދަލުގައި، އެ ޤައުމަކީ ހުރިހާ ދީންތަކެއް މީހުންނަށްވެސް ހައްގުތައް ލިބިގެންވާ ދައުލަތެއްގެ ގޮތުގައި ޤަބޫލުކުރެއްވިކަން ފާހަގަކޮށް، ޕާކިސްތާނަކީ ހުރިހާ ނަސްލެއް އަދި ދީނެއްގެ މީހުންނަށްވެސް ހައްގުތައް ލިބިގެންވާ ދައުލަތަކަށް ހެދުމަށް [ހަރުދަނާ ފިޔަވަޅުތަކެއް] އަޅަންޖެހޭ ކަމަށެވެ.

އޭގެވެސް އިތުރުން، މައިނޯރިޓީ ޖަމާއަތްތަކުން އެދިފައި ވަނީ "މައިނޯރިޓީ ހައްގުތަކާ ބެހޭ ގޮތުން ޕާކިސްތާނުގެ ކުރީގެ އުއްތަމަ ފަނޑިޔާރު (ރިޓަޔާޑް) ތަސަދުކް ހުސައިން ޖިލާނީ 19 ޖޫން 2014 ގައި ދެއްވި ހުކުމް (އެސްއެމްސީ ނަންބަރު 1/2014) ތަންފީޒު ކުރުމަށެވެ.

2014 ވަނަ އަހަރުގެ ހުކުމަކީ ޕިޝާވަރުގެ ޗާޗަކަށް ބޮން ގޮއްވާލުމާއި ދީނީ މައިނޯރިޓީތަކަށް އިންޒާރުދިނުމާ ގުޅިގެން ނެރުނު ހުކުމެކެވެ. "ސުއޯމޯޓޯ" ސުޕްރީމް ކޯޓުން ވަނީ ޣައިރު މުސްލިމުންގެ ރައްކާތެރިކަމަށް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައެވެ.

ޕާކިސްތާނުގައި ނޭޝަނަލް އެސެމްބްލީގެ 342 ގޮނޑީގެ ތެރެއިން ދިހަ ގޮނޑި މައިނޯރިޓީންނަށް ހާއްސަ ކުރުމުގެ ނިޒާމެއް މިހާރުވެސް އެބައޮތެވެ.

ހައްގުތަށް ކަށަވަރު ކުރުމަށް ޕާކިސްތާންގެ މައިނޯރިޓީންގެ ފަރާތުން އެދިފައިވާ ކަންކަމުގެ ތެރޭގައި، "މައިނޯރިޓީސް އަކީ ނިންމުންތައް ނިންމާ އިދާރާތަކުގައި ހަރުދަނާ ގޮތެއްގައި ހަރަކާތްތެރިވާން ޖެހޭ، ހާއްސަކޮށް ޣައިރު މުސްލިމުންގެ ހާއްސަ ގޮނޑިތައް ނޮމިނޭޓް ކުރުމުގައި، ތަމްސީލު ކުރާ، މެރިޓް ބޭސްޑް އަދި ދެފުށް ފެންނަ ގޮނޑިތަކަކަށް ވާން ޖެހޭނެ" ކަމަށް ބުނުން ހިމެނެއެވެ.

ހަމައެއާއެކު އިތުރަށް ބުނެފައި ވަނީ "ސިޔާސީ ޕާޓީތަކުން ޓިކެޓް ދޭން ޖެހޭނީ މުސްލިމް ނޫން ކެންޑިޑޭޓުންނަށް، އެ ޕާޓީތަކުން އާންމު ގޮނޑިތަކަށް ހުޅުވާލައިގެން ބާއްވާ އިންތިހާބެއްގައި ކާމިޔާބު ކުރެވޭނެ ތަނަކަށް" ކަމަށެވެ. އެގޮތުން ފާހަގަ ކޮށްފައިވަނީ، މުސްލިމް ނޫން ކެންޑިޑޭޓުންނަށް އާންމު ގޮނޑިތަކަށް ވާދަކުރެވޭނެ ކަމަށާއި ނަމަވެސް އެކަން ކުރާއިރު މުސްލިމު ނޫން ކެނޑިޑޭޓުންނާއި ދެކޮޅަށް ފަތުވާއެއް ނެގުމުގެ ފުރުސަތު އޮންނާނެ ކަމަށާއި މުސްލިމުންނަށް އެ މީހުންނަށް ވޯޓު ނުދެވޭނެ ކަމަށް އިސްލާމީ އިލްމުވެރިން ކަނޑައަޅުއްވަފާނެ ކަމަށްވެސް މައިނޯރިޓީ ޕާޓީތަކުން ހުށަހެޅި ހުށަހެޅުންތަކުގައި ފާހަގަ ކޮށްފައި ވެއެވެ.

އަދި އެދިފައި ވަނީ "ސަރުކާރާއި ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަނާއި ސިޔާސީ ޕާޓީތަކުން، ހާއްސަކޮށް ކެންޑިޑޭޓުން، ޣައިރު މުސްލިމުންނާ މެދު ނަފްރަތު އުފެދޭ ވާހަކަތައް ބޭނުން ނުކުރުމަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށެވެ.

ޕާކިސްތާނުގެ ބައިމަދު ޖަމާއަތްތަކުން އެދިފައިވަނީ، "މުސްލިމުންނަށް ބިން ދޭ ފަދައިން، ޗާޗްތަކާއި ޓެމްޕަލްތަކަށްވެސް ބިން ދޭންޖެހޭނެ" ކަމަށާއި، މިހާރުވެސް ހުރި ހިންދޫންގެ މަދަރުސާތަކާއި، ކްރިސްޓިއަން ފައްޅިތަކާއި، އެހެނިހެން އަޅުކަންކުރާ ތަންތަން އަންދާނުލުމަށް ނުވަތަ ހަލާކުނުކުރުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.