"އެނިމަލް" ނެޓްފްލިކްސް އިން މިހާރު ބަލާލެވޭނެ

"އެނިމަލް" ނެޓްފްލިކްސް އިން މިހާރު ބަލާލެވޭނެ

Author
ފާތިމަތު ނާވީ
27 ޖެނުއަރީ 2024 11:20
0

މިދިއަ އަހަރު ޑިސެމްބަރު މަހު ރިލީޒް ކުރި ފިލްމް "އެނިމަލް" ނެޓްފްލިކްސް އަށް ދޫކޮށްލައިފިއެވެ.

އިންޑިއާގެ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި ފިލްމް އަކީ ލީޑުން ރަންބީރު ކަޕޫރު އާއި ސައުތުގެ މަޝްހޫރު ބަތަކާ ރަޝްމިކާ މަންދަނާ ފެނިގެންދާ ފިލްމްއެކެވެ.

މީ ދެތަރިން އެކުގައި ފެނިގެންދިއަ ފުރަތަމަ ފިލްމްއެވެ. ކާމިޔާބު މި ފިލްމްގެ ކާސްޓުގައި މަޝްހޫރު އެކްޓަރު އަނިލް ކަޕޫރާއި ބޮބީ ޑިއޯލްގެ އިތުރުން ޓްރިޕްތީ ދިމްރީ ވެސް ހިމެނެ އެވެ.

މި ޑާކް އެކްޝަން ތުރިލާ އަކީ 2019 ގެ ކާމިޔާބު ފިލްމު "ކަބީރް ސިންގް" ގެނެސްދިން ސަންދީޕް ރެޑީ ވަންގާ ހަދާފައިވާ އެއްޗެކެވެ. މި ފިލްމް އަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒު ވި ނަމަވެސް އެކްޓަރުންގެ އެކްޓިންނަށް ގިނަ ބަޔަކު ވަނީ ތައުރީފް ކޮށްފައިއެވެ.

ޖުމްލަ 100 ކްރޯޑް ރުޕީސް (12 މިލިއަން ޑޮލަރު) ގެ މި އެކްޝަން ޑްރާމާ އަށް ބޮކްސް އޮފީހުގައި 917.31 ކްރޯޑް ރުޕީސް (110.4 މިލިއަން ޑޮލަރު) ލިބިފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.