ލީޑިން ޓޫރިސްޓް ޓްރާންސްޕޯޓް ޕްރޮވައިޑަރ އެވޯޑް މޯލްޑިވިއަނަށް

ލީޑިން ޓޫރިސްޓް ޓްރާންސްޕޯޓް ޕްރޮވައިޑަރ އެވޯޑް މޯލްޑިވިއަނަށް

Author
ޢަލީ އާދަމް
15 ޑިސެމްބަރ 2020 08:42
0

ސައުތު އޭޝިއަން ޓްރެވެލް އެވޯޑް (ސާޓާ) ގެ ލީޑިން ޓޫރިސްޓް ޓްރާންސްޕޯޓް ޕްރޮވައިޑަރ އެވޯޑް މޯލްޑިވިއަނަށް ލިބިއްޖެ އެވެ.

ވާޗުއަލްކޮށް މިއަދު ބޭއްވި އެވޯޑް ޙަފްލާގައި މޯލްޑިވިއަންގެ ފަރާތުން އެވޯޑާ ހަވާލުވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު ޖެނިފާއެވެ.

އެވޯޑާ ހަވާލުވުމަށްފަހު ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު ޖެނިފާ ދެއްވި މެސެޖްގައި މި އަހަރަކީ މި އިންޑަސްޓްރީއަށް ޗެލެންޖިން އަހަރެއްކަން ފާހަގަ ކުރައްވަމުން، ވައިގެ މަގުން ގުޅުވައި ދިނުމަށް މޯލްޑިވިއަންގެ މުއައްޒަފުން ވަރުބަލި ކަމެއް ނެތި ކުރި މަސައްކަތަށް ޝުކުރުއަދާކޮށްފައިވެއެވެ.

އަދި ޓޫރިޒަމްއާއި އޭވިއޭޝަން އަކީ ގުޅިލާމެހިފައިވާ ދެ އިންޑަސްޓްރީކަން ފާހަގަކުރައްވާ، މި އެވޯޑް ލިބުމަކީ ޕާޓްނަރުންނާއި ކަސްޓަމަރުން މޯލްޑިވިއަންއަށް ކުރާ އިތުރުބާރު ދައްކުވައިދޭ ކަމެއް ކަމަށް ޖެނިފާ ވިދާޅުވިއެވެ.

މި ކެޓަގަރީން މޯލްޑިވިއަނަށް ސާޓާ އެވޯޑް ލިބުނު މިއީ 3 ވަނަ ފަހަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.