ކަންކަން ތަންފީޒުކުރެވޭނީ މަގާމްތަކަށް ގާބިލް މީހުން ލައިގެން، އަދިވެސް ސިޔާސީ މަގާމްތަކަށް މީހުން ލާނެ: އަދުރޭ

ކަންކަން ތަންފީޒުކުރެވޭނީ މަގާމްތަކަށް ގާބިލް މީހުން ލައިގެން، އަދިވެސް ސިޔާސީ މަގާމްތަކަށް މީހުން ލާނެ: އަދުރޭ

Author
ހުސެއިން
25 ޖެނުއަރީ 2024 03:50
0

ކަންކަން ތަންފީޒުކުރެވޭނީ މަގާމްތަކަށް ގާބިލް މީހުން އައްޔަން ކޮށްގެން ކަމަށާއި، އަދިވެސް ސިޔާސީ މަގާމްތަކަށް މީހުން ލާނޭ ކަމުގައި ޕީއެންސީގެ ޗެއަރމަން އަބުދުއްރަހީމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅިގެން، ސިޔާސީ މަގާމްތަކުގެ އަދަދު ލިމިޓްކޮށް ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ނިންމި ނިންމުމަށް ރައްދު ދެމުން، މިއަދު ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ޗެއަރމަން އަބުދުއްރަހީމް ވިދާޅުވީ، ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަންކުރެވޭނެ އަދަދު ލިމިޓުކުރަން އިދިކޮޅު އެމްޑީޕީން މަސައްކަތްކުރަނީ ސަރުކާރަށް އުނދަގޫ ކުރަން ކަމަށެވެ.

އަދި އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމަށް މަގާމްތަކަށް ގާބިލް މީހުން އައްޔަންކުރަން ޖެހޭ ކަމުގައެވެ.

އެ ކަންކަން ތަންފީޒުކުރެވޭނީ އެކަށިގެންވާ ވަރަށް މަގާމުތަކަށް މީހުން ލައިގެން، އެ މީހުންގެ އެހީތެރިކަމާ އެއްބާރުލުން ހޯދައިގެން.

އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މިސަރުކާރުން މަގާމްތަކަށް އައްޔަން ކުރަމުންދަނީ ގާބިލް މީހުން ކަމަށާއި، ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރެވޭނީ ކަންކަމަށް ގާބިލް މީހުންނަށް ވަޒީފާ ދީގެން ކަމުގައެވެ. އެހެންކަމުން އަދިވެސް ސިޔާސީ މަގާމްތަކަށް މީހުން އައްޔަން ކުރަމުންދާނޭ ކަމުގައިވެސް އަދުރޭ ވިދާޅުވިއެވެ.

އަޅުގަނޑުމެން އަދިވެސް އިތުރަށް މަގާމުތަކަށް ބޭފުޅުން އައްޔަންކުރަމުން ދާނަން.

އަދުރޭ ވިދާޅުވިއެވެ.

ސަރުކާރަށް ދެމަސް ފުރިގެން ދިޔައިރު، ސަރުކާރުގައި 91 ސްޓޭޓު މިނިސްޓަރުން އައްޔަންކޮށްފައި ތިބިއިރު 163 ޑެޕިއުޓީ މިނިސްޓަރުން އެބަތިއްބެވެ. އަދި ވަޒީރުންގެ މަޖިލިސް ހިމެނޭ ގޮތުން ވަޒީރުން ފެންވަރުގައި 45 ބޭފުޅުން އެބަތިއްބެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.