އެޗްޑީސީން ހުޅުމާލެ ސާފު ކުރުމުގެ ޚާއްސަ ހަަރަކާތެއް ހޮނިހިރު ދުވަހު

އެޗްޑީސީން ހުޅުމާލެ ސާފު ކުރުމުގެ ޚާއްސަ ހަަރަކާތެއް ހޮނިހިރު ދުވަހު

Author
މުޙައްމަދު ޝަޒައިމް
15 ޑިސެމްބަރ 2020 07:55
0

ހުޅުމާލޭގެ ވެށި ސާފުކޮށް ބޭއްވުމަށް ބާރުއަޅާ، ހުޅުމާލޭގައި ކުނި ގިނަވެފައިވާ ސަރަޙައްދުތައް ދެނެގަނެ ތަންތަން ސާފުކުރުމުގެ އިތުރުން، ހުޅުމާލޭގެ ރައްޔިތުންގެ މެދުގައި ތިމާވެށި ސާފުކުރުމުގެ ލޯބި އާލާކުރުމަށާއި އަހުލުވެރިކުރުމަށް ޚާއްޞަ ހަރަކާތެއް ހުޅުމާލޭގައި މީހުން ދިރިއުޅޭ 40 ސަރަޙައްދެއްގައި މި ހަފްތާގެ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

އެޗްޑީސީން ބުނެފައިވަނީ ސާފު ހުޅުމާލެ ނަމުގައި ބޭއްވުމަށް ތައްޔާރުވަމުންދާ މި އިވެންޓުގައި އެޗްޑީސީ ގެ މުވައްޒަފުންގެ އިތުރުން ހުޅުމާލެގައި ހަރަކާތްތެރިވަމުންދާ ގިނަ ސަރުކާރު މުއައްސަސާތަށް، އެންޖީއޯ އަދި ކުންފުނިތަށް ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށެވެ. އެޗް.ޕީ.އޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި އިވެންޓް ހުޅުމާލޭ ރުއްގަނޑު 1 ސަރަޙައްދުގައި 19 ޑިސެންބަރު 2020 ވާ ހޮނިހިރު ދުވަހު 1600 އިން 1800 އަށް ފެށިގެން ދާނެކަމަށް އެޗްޑީސީން ބުނެއެވެ.

މިފަހަރުގެ އިވެންޓުގައި ފާހަގަކުރެވިފައިވާ އާއްމުކޮށް ކުނިގިނަވާ 40 ސަރަޙައްދެއް ސާފުކޮށް އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފުނުވާނެހެން ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު މި އިވެންޓް ކުރިއަށް ދާނީ 15 މީހުންގެ ގްރޫޕްތަކަށް ބަހާލައިގެންކަމަށް އެޗްޑީސީން ބުނެއެވެ. ސާފު ހުޅުމާލެ ޕްރޮގްރާމްއަކީ ކޮންމެ އަހަރަކުވެސް ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ. އަދި މި ޝިޢާރުގެ ދަށުން ހުޅުމާލޭގެ އެކި ސަރަޙައްދުތައް ސާފުކޮށް، ހުޅުމާލެއަކީ ސާފު ތަނަކަށް ހެދުމަށް އިތުރު ހަރަކާތްތަކެއް ބާއްވާ ޢާންމުން ހޭލުންތެރިކުރުމަށް ވަނީ ރޭވިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.