ރަތް ކަނޑުގައި މިހާރު އުފެދިފައިވާ ކާރިސާގެ ސަބަބުން ދުނިޔޭއަށް ވިޔަފާރީގެ ރޮނގުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ދުނިޔޭގެ އެންމެ މުހިންމު އެއް ވިޔަފާރީގެ މަގަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ.
ދުނިޔޭގެ ކޮންޓެއިނާ ޓްރެފިކްގެ 30 އިންސައްތަ އާއި ދުނިޔޭގެ ވިޔަފާރީގެ 12 އިންސައްތަ އަށް މުހިންމު ރާސްތާއެއްގެ ގޮތުގައި މަސައްކަތްކުރާ ރަތް ކަނޑުގެ ކަނޑުއޮޅިއަކީ ގުޅިލާމެހިފައިވާ ވިޔަފާރީގެ ދުނިޔޭގައި އެ ކަނޑުގެ މުހިންމުކަން ހާމަކޮށްދޭ ކަނޑުއޮޅިއެކެވެ.
ހާއްސަކޮށް ޔޫރަޕާއި އެމެރިކާއަށް އެކްސްޕޯޓު ކުރުމަށް ރަތް ކަނޑުގެ މަގަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ އިންޑިއާ އަށް މިވަނީ ނާޒުކު ދަނޑިވަޅެއް ކުރިމަތިވެފަ އެވެ.
އިންޑިއާއިން ޔޫރަޕާއެކު ކުރާ މުދަލުގެ ވިޔަފާރީގެ ގާތްގަނޑަކަށް 80 އިންސައްތަ ދަތުރުކުރަނީ ރަތް ކަނޑު ހުރަސްކޮށްގެން ކަމަށްވާތީ، މި މައްސަލައަކީ ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމުގައި އެގައުމުން ދެކެއެވެ.
އެހެންނަމަވެސް މި ހާލަތުގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން އިންޑިއާގެ އެކްސްޕޯޓަރުން، ހާއްސަކޮށް ޓެކްސްޓައިލް އަދި ހެދުމުގެ ވިޔަފާރިކުރާ ފަރާތްތައް އަދިވެސް އުއްމީދު ދޫކޮށެއް ނުލަ އެވެ. އެހެންނަމަވެސް ގިނަ ވިޔަފާރިތަކަށްވަނީ ޓްރާންސިޓް ވަގުތު އިތުރުވެ މުދާ އުފުލުމުގެ ހަރަދު ތައް ވެސް އިތުރުވެފަ އެވެ. މި ގޮންޖެހުންތަކާއެކުވެސް އިންޑިއާގެ އުފެއްދުންތައް އެގައުމުން ބޭރުން ގަންނަ ފަރާތްތަކުގެ އިތުބާރު އަދިވެސް ދެމި އޮންނަމުންދާކަމަށް އެގައުމުން ދެކެއެވެ.
ކޮންޓްރެކްޓް ރީނެގޯޝިއޭޝަން ނުވަތަ ޑިސްކައުންޓްގެ ޑިމާންޑްތަކާ ކުރިމަތިނުލައި މުދާ ޑެލިވަރީ ކުރަމުން ގެންދާތީ އިންޑިއާގެ އެކްސްޕޯޓަރުންގެ ވަރުގަދަކަން ފެންނަން ހުރިކަމަށްވެސް މާރކެޓް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
އެހެންނަމަވެސް، ރަތް ކަނޑުގެ ވިޔަފާރީގެ މުހިންމު މަގަށް ހުރަސްއެޅުމުގެ ސަބަބުން ދަނޑުވެރިކަމުގެ އެކްސްޕޯޓްތައް ކަމަށްވާ ބާސްމަތީ ހަނޑޫ އަދި ސައިފަތުގެ ވިޔަފާރުފަދަ ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކާވަނީ ކުރިމަތިލާން ޖެހިފައެވެ.
މީގެ އިތުރުން ބޮޑެތި ޝިޕިން ކުންފުނިތަކުން ރަތް ކަނޑު ބޭނުން ނުކުރުމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތެލާއި ޕެޓްރޯލިއަމް ދައުރުވުން ދަށަށް ދިއުމުގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލަތަކުން އިންޑިއާވެސް ސަލާމަތްވެފައެއް ނުވެއެވެ. ނަމަވެސް ރަޝިޔާއިން އިންޑިއާއިން ތެޔޮ އެތެރެކުރުމުގައި އެއްވެސް އަސަރެއް ނުކޮށް ދެމި އޮތުމަކީ، މި ގޮންޖެހުންތަކުގެ ތެރޭގައި އިންޑިއާއަށް ލިބިފައި އޮން އެންމެ ބޮޑު އުއްމީދުގެ ގޮތުގައި އަގައުމުން ފާހަގަ ކުރެއެވެ.
އިންޑިއާގެ އެކްސްޕޯޓް ބާސްކެޓްގައި އެންމެ ބޮޑު ހިއްސާއެއް ކުރާ ޕެޓްރޯލިއަމް ސެކްޓާ އިން ވަނީ ދުނިޔޭގެ ޝިޕަިންއަށް ކުރިމަތިވެފައިވާ "ތޫފާނުގެ" އަސަރު ވަރަށް ރަނގަޅަށް ކޮށްފަ އެވެ. އެހެންނަމަވެސް، ތެލުގެ އިމްޕޯޓަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ޕެޓްރޯލިއަމް ގެ ބާވަތްތައް އެކްސްޕޯޓު ކުރުމުގައި އިންޑިއާއިން ރަޝިއާއިން ތެޔޮ އެތެރެކުރާ މިންވަރު ސްޓޭބަލްވުމުގެ ސަބަބުން އޭގެ އަސަރުވެސް ވަނީ ވަރަށް ބޮޑަށް ކުޑަކުރެވިފައެވެ.
އިންޑިއާއިން ދެކޭ ގޮތުގައި އެގައުމުގެ އިގްތިސާދު ދަނީ، ދުނިޔޭގެ ރަތްކަނޑުގެ ކަނޑުއޮޅިއަށް ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތަކާއެކުވެސް، އަދި ޖިއޮޕޮލިޓިކަލް ހަލަބޮލިކަމުގެ ތެރޭގައިވެސް ހަމަޖެހުން ގާއިމުކޮށް، ތަފާތު ވިޔަފާރީގެ ޕާޓްނާޝިޕްތަކުގެ މުހިންމުކަމާއި، އެ ގުޅުންތަކުގައި ދެމި އޮވެވޭނެކަން ސާބިތު ކޮށްދެމުންނެވެ.
ކޮމެންޓު ފޮނުވާ