ޑައިވިނަށް ދިޔަ ފަތުރުވެރިއަކު ދޯނީގެ ބުރަފަތީގައި ޖެހި ސީރިއަސް އަނިޔާތަކެއް

ޑައިވިނަށް ދިޔަ ފަތުރުވެރިއަކު ދޯނީގެ ބުރަފަތީގައި ޖެހި ސީރިއަސް އަނިޔާތަކެއް

ގުޅުންހުރި

ހުޅުމާލެއާއި ދިމާލު ބޭރުގައި އޮންނަ ޑައިވިން ޕޮއިންޓަށް ގޮސް މައްޗަށް އެރި ވަގުތު ޑައިވިން ދޯނީގެ ބުރަފަތީގައި ޖެހި މީހަކަށް ސީރިއަސް އަނިޔާތަކެއްވެއްޖެއެވެ.

ފުލުހުން ބުނީ އަނިޔާވެފައިވާކަމުގެ މަޢުލޫމާތު ހެނދުނު 08:30 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ އެމެރިކާގެ ޢުމުރުން 63 އަހަރުގެ އަންހެން ފަތުރުވެރިއަކަށްކަމަށް ފުލުހުން ބުންޏެވެ. އެމީހާގެ ފައިގެ ކަކުލުން ތިރި ވަނީ އެއްކޮށް ބުރިވެފައިކަމަށާއި، ޓްރީޓޮޕް ހޮސްޕިޓަލުގައި އެ މީހާއަށް ފަރުވާދެމުން އަންނަކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގްކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *