މަޖިލިސް އިންތިހާބު: ވޯޓާސް ލިސްޓަށް މިހާތަނަށް 325 ޝަކުވާ ވަނީ ލިބިފަ

މަޖިލިސް އިންތިހާބު: ވޯޓާސް ލިސްޓަށް މިހާތަނަށް 325 ޝަކުވާ ވަނީ ލިބިފަ

Author
ހުސެއިން
20 ޖެނުއަރީ 2024 03:52
0

މިއަހަރު ބޭއްވުމަށް ހަމަޖެހިފައޮވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް މިހާތަނަށް 325 ޝަކުވާ ހުށައަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން އިން ބުނެފި އެވެ.

އީސީން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެގެ ނިޔަލަށް 325 ޝަކުވާ ހުށަހަޅާފައިވާއިރު، އެންމެ ގިނަ ޝަކުވާ އޮތީ ދިރިއުޅޭ ތަން ބަދަލުވެގެންނެވެ.

އީސީ އާންމު ކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، އޭގެ ތެރޭގައި ހިމެނެނީ ދިރިއުޅޭތަން ބަދަލުވެގެން ހުށަހަޅާފައިވާ 185 ޝަކުވާ އާއި، މަރުވެފައިވާ މީހުން ލިސްޓުގައި އޮވެގެން ހުށަހެޅި 131 ޝަކުވާ އާއި ލިސްޓުގައި ނަން ނެތިގެން ހުށހަޅާފައިވާ ދެ ޝަކުވާއެވެ.

ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް ޝަކުވާއަށް  މި މަހުގެ 10ގައި ހުޅުވާފައި ވާއިރު، އެ ފުރުސަތު ހަމަވާނީ މާދަމާއަށެވެ.

މަޖިލިސް އިންތިހާބު ބާއްވަން ނިންމާފައިވަނީ 17 މާޗުގަ އެވެ. އެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ޖުމްލަ 284،327 މީހަކަށް ލިބިފައި ވާއިރު އޭގެ ތެރޭގައި 139،165 އަންހެނުންނާއި، 145،162 ފިރިހެނުން ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.