ރައީސް ޑރ. މުއިއްޒުހެ ޚައްސަ މެސެޖަކާއެކު ”ބިންވެރިޔާ ސައްލާ“ މިރޭ ބާއްވާގޮތަށް މިރޭ ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.
މި ސައްލާ ބޭއްވުމަށް ހަމަޖައްސާފައި ވަނީ މިރޭ 8:00 ގައި ސަލްޓަމް ޕާކުގައެވެ.
ބިންވެރިޔާ ސައްލާ މި ބާއްވަނީ ގިރާވަރު މާލެ ސިޓިޒަންސް އެސޯސިއޭޝަންއާއި، ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަންއާއި އަދި މާލެ ރަށްވެހިންގެ ޖަމިއްޔާގެ އިތުރުން ހުޅުމާލެ ރައްޔިތުންގެ ޖަމިއްޔާގެ ފަރާތުން ސުނާދު ލަތީފް ވަނީ ރައީސް ޑރ. މުއިއްޒާއި ބައްދަލު ކުރައްވާފައި ވަނިކޮށެވެ.
އެ ބައްދަލުވުމަށްފަހު އޭނާ ވިދާޅުވެފައިވަނީ ގިރާވަރާއި ގުޅީފަޅު އަދި ހުޅުމާލެ މަޝްރޫއާއި ގުޅޭގޮތުން ވަރަށް ގިނަ ކަންކަން ސާފެވެފައި ވާކަމުގައެވެ.
ތެދު ނޫން ވަަރަށް ގިނަ މައުލޫމާތުތަކުގެ ހަގީގަތް އެނގިއްޖެ.
އޭނާގެ އެކްސް ޕޯސްޓުގައި ބުނެފައި ވެއެވެ.
ސުނާދު ބުނެފައިވަނީ މާލޭގެ ހަތަރު ޖަމިއްޔާގެ ފަރާތުން ކަނޑައެޅި މަންދޫބު ރަައީސް ޑރ. މުއިއްޒާއި ބައްދަލުކުރުމުން ވަރަށް ހިނަ މައުލޫމާތު ލިބުނު ކަމަށާއި، ރައީސް މުއިއްޒު ދެއްވި މެސެޖް މިރޭ އޮންނަ ބައްދަލުވުމުގައި މާލޭގެ ރައްޔިތުންނާއި ހިއްސާކުރުން އޮންނާނޭ ކަމުގައެވެ.
ކޮމެންޓު ފޮނުވާ