ޑެޓް ޓު ޖީޑީޕީ ރޭޝިއޯއަކީ ކޮންމެ އިގްތިސާދެއްގެ ވެސް މިންކުރުމުގައި ގެންގުޅޭ ހަރުދަނާ އަސާސީ މިންގަނޑެކެވެ.
މި ރޭޝިއޯއިން ޤައުމެއްގެ ޖުމްލަ ދަރަންޏާއި އެ ޤައުމެއްގެ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީ.ޑީ.ޕީ)އާ އަޅާބަލާއިރު، އެ ޤައުމެއްގެ އިޤްތިޞާދުގެ ބޮޑުމިނާއި، ދަރަނީގެ މަސްއޫލިއްޔަތުތައް ބެލެހެއްޓުމާއި، އެދަރަނި އަދާކުރުމުގެ ޤާބިލުކަން ސަރުކާރަށް ލިބިގެންދާ މިންވަރު ހާމަކޮށްދެއެވެ.
މިގޮތުން ދުނިޔޭގެ އެންމެ ވަރުގަދަ 10 އިޤްތިޞާދުގެ ތެރޭގައި، ދަރަނީގެ ނިސްބަތުން ޖީޑީޕީ ރޭޝިއޯ، ޖަޕާން، އިޓަލީ، އެމެރިކާ، ފަރަންސޭސިވިލާތް، އިނގިރޭސިވިލާތް، ކެނެޑާ އަދި ޗައިނާ ފަދަ ބޮޑެތި އިޤްތިޞާދުތަކާ އަޅާބަލާއިރު، އިންޑިޔާއިން ދައްކައިދެނީ ވަރަށްބޮޑު ކާމިޔާބެއް ހޯދާފައިވާތަނެވެ.
2018 ވަނަ އަހަރާއި 2019 ވަނަ އަހަރު އިންޑިއާގެ ދަރަނީގެ ނިސްބަތުން ޖީޑީޕީ ރޭޝިއޯ ހުރީ 72 ޕަސެންޓް (އެވްރެޖް) ގައެވެ. ނަމަވެސް 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ ކޯވިޑް ޕެންޑެމިކް އަހަރުތަކުގައި މި އަދަދު ވަނީ 86 އިންސައްތައަށް އިތުރުވެފައެވެ.
ދެން ޖެހިގެންއައި، 2022 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ ޕެންޑަމިކް އަށް ފަހުގެ އަހަރުތަކުގައި އަނެއްކާވެސް 81 އިންސައްތަ (އެވްރެޖް) އަށް ދަށަށް ގޮސް، ކުރިއަށް އޮތް އަހަރުތަކުގައި މި ނިސްބަތް 82 އިންސައްތަ (އެވްރެޖް) އަށް އަރާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ. މީގެން ދައްކުވައިދެނީ އިންޑިޔާގެ ފިސްކަލް މެނޭޖްމަންޓަށް ރަގަޅުކަމާއި، ދުނިޔޭގެ އިންތިސާދީގޮތުން ބޮޑެތި ޤައުމުތަކާ އަޅާބަލާއިރު އިންޑިޔާގެ ޙާލަތު ރަނގަޅުކަން ކަމަށް އިގްތިސާދީ މާހިރުން ފާހަގަ ކުރައްވައެވެ.
- ޖަޕާން
ޖަޕާނަކީ އެންމެ މަތީ 10 އިގްތިސާދުގެ ތެރެއިން، ދަރަނީގެ ނިސްބަތުން ޖީޑީޕީ ރޭޝިއޯ އެންމެ މަތި ގައުމެވެ. ޕެންޑެމިކްގެ ކުރިން 2018 ވަނަ އަހަރާއި 2019 ވަނަ އަހަރުގެ ތެރޭގައި ދަރަނީގެ ނިސްބަތުން އެގައުމުގެ ޖީޑީޕީ ރޭޝިއޯ ހުރީ 234 ޕަސެންޓް (އެވްރެޖްކޮށް) ގައިއެވެ. 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު މުޅި ދުނިޔޭގައި ފެތުރެމުންދިޔަ ބަލިމަޑުކަމާއެކު ނިސްބަތުން އެގައުމުގެ ޖީޑީޕީ ރޭޝިއޯ 256 އިންސައްތަ (އެވްރެޖްގޮތެއްގައި) އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ. 2022 ވަނަ އަހަރާއި 2023 ވަނަ އަހަރު ޖަޕާނުގެ ޑެޓް-ޓު-ޖީޑީޕީ ރޭޝިއޯ ވަނީ 257 އިންސައްތަ (އެވްރެޖް) އަށް އަރާފައެވެ. ނަމަވެސް 2024 ވަނަ އަހަރާއި 2025 ވަނަ އަހަރުގެ އަންދާޒާތަކުން ދައްކުވައިދެނީ މި މިންގަޑުތަކަށް ކުޑަ ލުޔެއް ލިބޭނެ ކަމަށެވެ. އެގޮތުން މުސްތަގުބަލުގައި އެގައުމުގެ ޑެޓް ޓު ޖީޑީޕީ ރޭޝިއޯ 251 އިންސައްތަ (އެވްރެޖް) އަށް ދަށްވާނެ ކަމަށް ލަފާކުރެވެއެވެ.
- އިޓަލީ
އިޓަލީއަކީ ދުނިޔޭގެ އެންމެ ބޮޑު 10 އިޤްތިޞާދުގެ ތެރެއިން ޑެޓް-ޓު-ޖީޑީޕީ ރޭޝިއޯ ދެވަނައަށް އެންމެ މަތި ގައުމެވެ. އެގޮތުން އެގައުުގެ ޑެޓް-ޓު-ޖީޑީޕީ ރޭޝިއޯ 2018 ވަނަ އަހަރާއި 2019 ވަނަ އަހަރު 134 އިންސައްތަ (އެވްރެޖް) ގައި ހުރި ނަމަވެސް، 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ ޕެންޑެމިކް އަހަރުތަކުގައި އެމިންގަޑު 152 އިންސައްތަ (އެވްރެޖް) އަށް އެރިއެވެ. އޭގެ ފަހުން، 2022 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ ޕެންޑަމިކުގެ ފަހުގެ އަހަރުތަކުގައި އެމިންގަޑު 144 އިންސައްތަ (އެވްރެޖް) އަށް ދަށަށް ގޮސްފައިވާއިރު، މި ތަފާސް ހިސާބުން އެގައުމުގެ އިގްތިސާދުގެ ރިކަވަރީ އާއި ފިސްކަލް މެނޭޖްމަންޓްގެ ކާމިޔާބު މަސައްކަތްތައް ދައްކުވައިދީފައި ވެއެވެ.
އަދި 2024 ވަނަ އަހަރާއި 2025 ވަނަ އަހަރު އެމިންގަޑު 143 އިންސައްތައަށް (އެވްރެޖްގޮތެއްގައި) ދަށްވާނެކަމަށް ލަފާކުރެވޭއިރު، އެގައުމު ފިސްކަލް ސްޓެބިލައިޒޭޝަނަށް ދިއުމުގެ ފުރުޞަތު އޮތްކަމުގައި އިގްތިސާދީ މާހިރުން ވިދާޅުވެއެވެ.
- އެމެރިކާ
ދުނިޔޭގެ އެންމެ ބޮޑު 10 އިގްތިސާދުގެ ތެރެއިން ތިން ވަނައަށް އެންމެ ބޮޑު ޑެޓް ޓު ޖީޑީޕީ ރޭޝިއޯ އޮންނަ ގައުމަކީ އެމެރިކާ އެވެ. 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު އެގައުމުގެ ޑެޓް ޓު ޖީޑީޕީ ރޭޝިއޯ އެވްރެޖްކޮށް 108 އިންސައްތައިގައި ހުރިއިރު، މި ރޭޝިއޯ ވަނީ ޕެންޑެމިކް އަހަރުތަކުގައި 129 އިންސައްތަ (އެވްރެޖް) އަށް މަތިވެގެން ގޮސްފައެވެ. ޕެންޑަމިކަށް ފަހު، 2022 ވަނަ އަހަރާއި 2023 ވަނަ އަހަރު މި މިންގަޑު ވަނީ 122 ޕަސެންޓް (އެވްރެޖް) އަށް ކުޑަ ތަންކޮޅެއް ދަށަށް ގޮސްފަ އެވެ.
އެހެންނަމަވެސް، 2024 ވަނަ އަހަރާއި 2025 ވަނަ އަހަރު އެވްރެޖްކޮށް 129 އިންސައްތައަށް އެމެރިކާގެ ޑެޓް ޓު ޖީޑީޕީ ރޭޝިއޯ އުފުލިގެންދާނެކަަމށް އަންދާޒާކޮށްފައިވާއިރު، ކުރިއަށް އޮތް އަހަރުތަކުގައި މާލީ ގޮތުން ދިމާވާ ގޮންޖެހުންތަކާއިއެކު، ކުރިއަށް އޮތް އަހަރުތަކުގައި އެގައުމުގެ ދަރަނީގެ ނިސްބަތް ވިސްނުންތެރިކަމާއެކު މެނޭޖްކުރުމުގެ މުހިންމުކަން އިގްތިސާދީ މާހިރުންވަނީ ފާހަގަކޮށްފައެވެ.
- ފްރާންސް
ފްރާންސްގެ ޑެޓް ޓު ޖީޑީޕީ ރޭޝިއޯ 2018 ވަނަ އަހަރާއި 2019 ވަނަ އަހަރު 97 ޕަސެންޓް (އެވްރެޖް) ގައި ހުރި ނަމަވެސް 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ ޕެންޑެމިކް އަހަރުތަކުގައި އެ އަދަދު ވަނީ 114 ޕަސެންޓަށް (އެވްރެޖް) ވަރަށް ބޮޑަށް އުފުލިފަ އެވެ. ޕެންޑަމިކަށްފަހު، 2022 ވަނަ އަހަރާއި 2023 ވަނަ އަހަރު، އެދަގުމުގެ ދަރަނީގެ ނިސްބަތުން ޑެޓް ޓު ޖީޑީޕީ ރޭޝިއޯ އާދަޔާ ޚިލާފަށް ދަށަށް ގޮސް، 110 އިންސައްތަ (އެވްރެޖް) އަށް ވެއްޓިފައި ވެއެވެ. ޕްރޮޖެކްޝަންތަކުން ދައްކާ ގޮތުގައި އެގައުމުގެ އިގްތިސާދު ހަމަޔަކަށް އެޅި، 2024 ވަނަ އަހަރާއި 2025 ވަނަ އަހަރު އެވްރެޖްކޮށް 110 ޕަސެންޓުގައި މި ރޭޝިއޯ ހިފެހެއްޓޭނެ ކަމަށް ވަނީ ބެލެވިފައެވެ.
- އިނގިރޭސިވިލާތް
ކޯވިްޑ19ގެ ބަލިމަޑުކަމުގެ އަހަރުތަކުގެ ކުރިން 2018 ވަނަ އަހަރާއި 2019 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޑެޓް ޓު ޖީޑީޕީ ރޭޝިއޯ އެވްރެޖްކޮށް 85 ޕަސެންޓްގައި ހުރި ނަމަވެސް 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ ގޮންޖެހުންތަކާއެކު، އެ މިންގަޑު ވަނީ 105 ޕަސެންޓަށް (އެވްރެޖް) ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އޭގެ ފަހުން 2022 ވަނަ އަހަރާއި 2023 ވަނަ އަހަރު ކުޑަ ތަންކޮޅެއް ދަށަށް ގޮސް، އެގައުމުގެ ޑެޓް ޓު ޖީޑީޕީ ރޭޝިއޯ ހުރީ 103 ޕަސެންޓް (އެވްރެޖް) ގަ އެވެ. ނަމަވެސް 2024 ވަނަ އަހަރާއި 2025 ވަނަ އަހަރު 107 އިންސައްތަ (އެވްރެޖް) އަށް އިނގިރޭސިވިލާތުގެ ޑެޓް ޓު ޖީޑީޕީ ރޭޝިއޯ މަތިވެގެންދާނެކަމަށް އަންދާޒާތަކުން ދައްކާފައި ވެއެވެ.
- ކެނެޑާ
- ޗައިނާ
- ޖާމަނީ
- ރަޝިއާ
- އިންޑިއާ
ކޮމެންޓު ފޮނުވާ