ގއ. ވިލިގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ދެމުންއަނަން ހިދުމަތް ދިނުން ލަސްކަމަށް ބުނެ، އެރަށުގެ ރައްޔިތުން ނުކުމެ ގއ. އަތޮޅު ހޮސްޕިޓަލުގެ ނަން ބޯޑުގެ މަތީގައި ކަރުދާހުން އާ ނަން ބޯޑެއް ހަރުކޮށްފިއެވެ.
"ޚަބަރު އޮންލައިން" އަށް އެ ރަށުން މައުލޫމާތު ދިން ފަރާތަކުން ކިޔައިދިން ގޮތުގައި ރައްޔިތުން ނުރުހުން ފާޅުކޮށް މުޒާހިރާ ކުރަން ފެށީ އިތުރު ފަރުވާއަށް މާލެ ފޮނުވުމަށް ލަފާދިން، ވެންޓިލޭޓަރުގައި ފަރުވާދެމުންދާ، ހޮސްޕިޓަލުގައި އޮތް ހާލު ބޮޑު ބަލިމީހަކު ފުރުވާލުން ލަސް ވުމާއި ގުޅިގެން ކަމުގައެވެ.
އަދި މުޒާހިރާ ކުރަމުންދާ ފަރާތްތަކުން ވަނީ އެ ހޮސްޕިޓަލްގެ ނަން ބޯޑުގެ މަތީގައި ކަރުދާހުން "ވިލިގިލީ ހެލްތު ޕޯސްޓު" ލިޔެފައިވާ ނަމެއް ހަރުކޮށްފައެވެ.
ހޮސްޕިޓަލުން ވާހަކަ ދެއްކި ބޭފުޅަކު ކިޔައިދިން ގޮތުގައި، ހާލުބޮޑު ބަލިމީހާ ފުރުވާ ނުލެވިފައިވަނީ، އެމީހާ ގެންދިއުމަށް އާސަންދައިގެ އެހީގައި ޗާރޓަކޮށްގެން ފްލައިޓެއް ގެންނަން ޖެހިގެން ކަމުގައެވެ. އަދި އެކަމަށްޓަކާ ހޮސްޕިޓަކުން ކުރާންޖެހޭ ކަންކަން ނިންމާފައިވާކަމަށްވެސް ހޮސްޕިޓަކުން ވާހަކަ ދެއްކި ފަރާތުން ކިޔައިދީފައި ވެއެވެ.
އަދި އޭނާ ވިދާޅުވީ އެމީހާ ފުރުވާލުމަށް މިހާރުވެސް މަސައްކަތް ކުރެވެމުންދާ ކަމުގައެވެ.
ކޮމެންޓު ފޮނުވާ