ކުޅިވަރު އެސޯސިއޭޝަންތަކަށް އަމާޒުކޮށްގެން "ސީޕީއާރު އޭއީޑީ" ކޯހެއް ހިންގައިފި

ކުޅިވަރު އެސޯސިއޭޝަންތަކަށް އަމާޒުކޮށްގެން "ސީޕީއާރު އޭއީޑީ" ކޯހެއް ހިންގައިފި

Author
ހުސެއިން
18 ޖެނުއަރީ 2024 09:42
0
ކުޅިވަރު އެސޯސިއޭޝަންތަކުގައި ކުޅުންތެރިންނަށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އަމާޒުކޮށްގެން އެމްއެންޑީއެފް މެޑިކަލް ކޯރއިން "ސީޕީއާރު އޭއީޑީ" ކޯހެއް ހިންގައިފިއެވެ.
މިމަހު 12 އިން ފެށިގެން 10 ބައިވެރިންނާއެކު ތިން ދުވަހުގެ މުއްދަތަށް ޒުވާނުންގެ މަރުކަޒާއި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގައި ކުރިއަށް ގެންދިޔަ މި  ކޯހަކީ، ކުޅިވަރުގެ މައިދާނުގައި ދިމާވާ ޞިއްޙީ މައްސަލަތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތައް އަންގައިދީ، އެފަދަ ހާލަތްތަކަށް ހޭލުންތެރިކޮށް، އަހުލުވެރިކުރުވުމުގެ ގޮތުން އެމްއެންޑީއެފް މެޑިކަލް ކޯރއިން ކުރިއަށް ގެންދިޔަ ކޯހެކެވެ.
އެމްއެންޑީއެފްއިން ބުނީ މި ކޯހުގައި، ކުޅިވަރުގެ މައިދާނުގައި އަނިޔާވާ މީހުންނަށް އަވަސް ފަރުވާދޭނެ ގޮތުގެ އަސާސީ މަޢުލޫމާތު ފޯރުކޮށްދީ، ޢަމަލީގޮތުން އެ ކަންކަން ކުރަންވީގޮތް ފަރިތަކުރުވާފައިވާ ކަމުގައެވެ.
މި ކޯހުގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި، ކާޑިއޯ ވެސްކިއުލަ ސިސްޓަމް، ރެސްޕިރޭޓަރީ ސިސްޓަމް، ސީޕީއާރު ތިއަރީ އަދި ޕްރެކްޓިކަލްގެ އިތުރުން އޭއީޑީ ތިއަރީ އަދި ޕްރެކްޓިކަލް ހިމެނޭއިރު، މީގެއިތުރުން ކިޔަވައިދެވެނު ބައިތަކުން ތިއަރީ އަދި ޕްރެކްޓިކަލް ޓެސްޓް ވަނީ ދަރިވަރުންނަށް ދީފައިވާ ކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ އެދިލެއްވުމަކަށް އެމްއެންޑީއެފް މެޑިކަލް ކޯރ އިން ކުރިއަށް ގެންދިޔަ މި ކޯހަކީ އެމެރިކަން ހާޓް އެސޯސިއޭޝަން ސްޓޭންޑަޑް ކޯހެކެވެ. އަދި މި ކޯހުން ފާސްވި ބައިވެރިންނަށް ދެ އަހަރު ދުވަހުގެ މުއްދަތުގެ ވެލިޑް "ސީޕީއާރު އޭއީޑީ" ކޮލިފިކޭޝަން ކާޑެއް ވަނީ ހަވާލުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.