ޖޫހީ ޗާވްލާއަކީ އަބަދުވެސް އޭނާގެ ދިރިއުޅުމުގައި ދިމާވާ ހުރިހާކަމެއް ސޯޝަލް މީޑިޔާގައި ހިއްސާކުރާ ތަރިއެކެވެ. އާދީއްތަ ދުވަހު ޖޫހީ ވަނީ އޭނާގެ ފޭނުންނާއި ފޮލޯވަރުން ކިބައިން އޭނާއަށް ކަމެއް ކޮށްދިނުމަށް އެދިފައެވެ.
ޖޫހީ އެދުނީ އެއާޕޯޓް ތެރެއިން ގެއްލުނު އޭނަގެ، ޑައިމަންޑް ކަންފަތުލާމުދި ހޯދައި ދިނުމަށެވެ. އަދި ހޯދައިދޭ މީހަކަށް ހަދިޔާއެއް ދޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ޖޫހީ ޕޯސްޓް ކުރި ލިޔުމެއްގައި ލިޔެފައިވަނީ މުމްބާއީ އެއަރޕޯޓްގެ ޓާމިނަލް ދޭއްގެ ގޭޓް 8 ކާއި ހިސާބުން ފެށިގެން އިމިގްރޭޝަންގެ ސެކިއުރިޓީ ކައުންޓަރާއި ދޭތެރޭގައި އޭނާގެ އެއް ކަންފަތުލާމުދި ގެއްލިފައި ވާކަމަށެވެ. އަދި ހޯދުމަށް އެހީތެރިވުމަށާއި ހޯދައި ދޭ މީހަކަށް ހަދިޔާއެއް ދޭނެ ކަމަށް ބުނެފައި ވެއެވެ.
Kindly help ? pic.twitter.com/bNTNYIBaZ2
— Juhi Chawla (@iam_juhi) December 13, 2020
އެއީ މިދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އޭނާ އެޅި އެއްޗެއްކަމަށްވެސް އެ ލިޔުމުގައި ލިޔެފައިވެއެވެ. އެހެން ކަމުން ބެލެވެނީ މިއީ ޖޫހީއަށް ވަރަށް ހާއްސަ އެއްޗެއް ކަމަށެވެ.
90ގެ އަހަރުތައްތެރޭ ކާމިޔާބު ފިލްމު ތަކަކުން ފެނިފައިވާ ޖޫހީ އެންމެ ފަހުން ފެނިގެންދިޔައީ މިދިޔަ އަހަރު ފެބްރުވަރީ މަހު ނެރުނު " އެކް ލަޅްކީކޮ ދޭކާތޮ އޭސާލަގާ" އިންނެވެ.