ސިހުރު ހަދާ މީހުންގެ އެހީ ނުހޯދުމަށް ފިގުހު އެކަޑަމީން އިލްތިމާސް ކޮށްފި

ސިހުރު ހަދާ މީހުންގެ އެހީ ނުހޯދުމަށް ފިގުހު އެކަޑަމީން އިލްތިމާސް ކޮށްފި

Author
ހުސެއިން
17 ޖެނުއަރީ 2024 01:21
0

ފަންޑިތަ އާއި ސިހުރު ހަދާ މީހުންގެ އެހީތެރިކަން ނުހޯދުމަށް ރާއްޖޭގެ ފިގުހު އެކަޑަމީން އިލްތިމާސްކޮށްފިއެވެ.

އެ އެކެޑަމީން ކުރި އިއުލާނެއްގައި ބުނެފައި ވަމި ފަހަކަށް އައިސް ދިވެހިރާއްޖޭގެ ބައެއް ހަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް ސިހުރު ހެދުމަށް ހިތްވަރު ލިބޭ ގޮތަށް ބަޔަކު މަސައްކަތްކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ފިގުހު އެލަޑަމީގެ އިއުލާނުގައި ބުނެފައިވަނީ މީހުން އެފަދަ މީހުންގެ ކައިރިއަށް ދަނީ ހުއްދަ ރުގްޔާގެ ނަމުގައި އެހީ ލިބިގަތުމަށް ކަމަށެވެ.

އިސްލާމްދީނުގެ ސާފު ތެދުމަގުން އެއްކިބާވެ މަގުފުރެދިގެން ހިނގައިދާނެކަމަކަށް ވާތީ އެފަދަ ތަކެތި ދިވެހިރާއްޖޭގެ ހަބަރު ފަތުރާ ވަސީލަތްތަކުން ނުފޮނުވުމަށް އިސްލާމީ ފިގްހު އެކަޑަމީއިން އިލްތިމާސްކުރެ އެވެ.

ފިގްހު އެކަޑަމީގެ އިއުލާނުގައި ބުނެފައި އެވެ.

ފިގުހު އެކަޑަމީން ބުނެފައިވަނީ އިސްލާމްދީނުގެ ސާފު ތެދުމަގުން އެއްކިބާވެ މަގުފުރެދިގެން ހިނގައިދާނެކަމަކަށް ވާތީ އެފަދަ ތަކެތި ދިވެހިރާއްޖޭގެ ހަބަރު ފަތުރާ ވަސީލަތްތަކުން ނުފޮނުވުމަށް އިލްތިމާސްކުރާ ކަމުގައެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.