ވެރިކަމަށް ބަދަލުއަޔަސް ސްރީލަންކާ ރާއްޖޭގެ ގުޅުމަށް އަސަރެއް ނުކުރާނެ: ސްރީ ލަންކާގެ މަޖިލިސް ރައީސް

ވެރިކަމަށް ބަދަލުއަޔަސް ސްރީލަންކާ ރާއްޖޭގެ ގުޅުމަށް އަސަރެއް ނުކުރާނެ: ސްރީ ލަންކާގެ މަޖިލިސް ރައީސް

ގުޅުންހުރި

ވެރިކަމަށް ބަދަލުއަޔަސް ސްރީ ލަންކާ އާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ އެކުވެރި ގުޅުމަށް ބަދަލެއް ނާންނާނެ ކަމުގައި ސްރީ ކަންކާގެ ގާނޫނުހަދާ މަޖިލިހުގެ ރައީސް އޮނަރަބަލް މަހިންދާ ޔަޕާ އަބޭވަރްދޭނާ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް މުޙައްމަދު އަސްލަމް ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްއާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަ ފުޅުގައެވެ.

ދެގައުމުގެ މަޖިލިސް ރައީސުން ބައްދަލު ކުރެއްވީ އިއްޔެގެ ވަގުތެއްގައެވެ.

ސްރީލަންކާގެ ޤާނޫނުހަދާ މަޖިލީހުގެ ގޭގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސް އޮނަރަބަލް މުޙައްމަދު އަސްލަމްވަނީ ސްރީލަންކާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ދެއްވި ދަޢުވަތަށް ޝުކުރު އަދާކުރައްވައި، ޒަމާއްސުރެ ސްރީލަންކާއާ ރާއްޖެއާ ދެމެދު އޮންނަ ގާތްގުޅުން ފާހަގަކުރައްވައި ވާހަކަ ދައްކަވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ މުވައްޒަފުންގެ މެދުގައި ކުރިން ހިނގަމުންއައި ތަމްރީން ޕްރޮގްރާމުތައް ކޮވިޑާ ގުޅިގެން ހުއްޓިވައިވާތި، އެ ޕްރޮގްރާމްތައް އަލުން ފެއްޓެވުމާ ގުޅޭގޮ ތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް އޮނަރަބަލް މަހިންދާ ޔަޕާ އަބޭވަރްދޭނާގެ ވާހަކަފުޅުގައި ދެޤައުމު ދެމެދުގައި އޮތް ގުޅުމަކީ ޒަމާންތަކެއްވީ ވަރުގަދަ ގުޅުމެއްކަން ފާހަގަކުރައްވާފައި ވެއެވެ.

މީގެ އިތުރަށް، މަޖިލީހުގެ ރައީސް އިއްޔެވަނީ ވަނީ ސްރީލަންކާގެ އެކްޓިންގ ފޮރިން މިނިސްޓަރ އޮނަރަބަލް ތަރަކާ ބަލަސޫރިޔާއާ ވެސް ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމުގައި ފާއިތުވިތާނގައި ދެޤައުމު ދެމެދުގައި އޮތް ގާތްގުޅުން ފާހަގަ ކުރައްވައ،ި ކުރިއަށް އޮތް ދުވަސްތަކުގައި ދެ ޤައުމަށްވެސް އިތުރަށް ފައިދާވާނެ ގޮތްތަކުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ