އަސްލަމް ޤާނޫނު ހަދާ މަޖިލީހުގެ ރައީސްއާއި ބައްދަލު ކުރައްވައިފި

އަސްލަމް ޤާނޫނު ހަދާ މަޖިލީހުގެ ރައީސްއާއި ބައްދަލު ކުރައްވައިފި

Author
ހުސެއިން
17 ޖެނުއަރީ 2024 09:41
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް މުޙައްމަދު އަސްލަމް ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް އޮނަރަބަލް މަހިންދާ ޔަޕާ އަބޭވަރްދޭނާއާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

ސްރީލަންކާގެ ޤާނޫނުހަދާ މަޖިލީހުގެ ގޭގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސް އޮނަރަބަލް މުޙައްމަދު އަސްލަމްވަނީ ސްރީލަންކާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ދެއްވި ދަޢުވަތަށް ޝުކުރު އަދާކުރައްވައި، ޒަމާއްސުރެ ސްރީލަންކާއާ ރާއްޖެއާ ދެމެދު އޮންނަ ގާތްގުޅުން ފާހަގަކުރައްވައި ވާހަކަ ދައްކަވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ މުވައްޒަފުންގެ މެދުގައި ކުރިން ހިނގަމުންއައި ތަމްރީން ޕްރޮގްރާމުތައް ކޮވިޑާ ގުޅިގެން ހުއްޓިވައިވާތި، އެ ޕްރޮގްރާމްތައް އަލުން ފެއްޓެވުމާ ގުޅޭގޮ ތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް އޮނަރަބަލް މަހިންދާ ޔަޕާ އަބޭވަރްދޭނާގެ ވާހަކަފުޅުގައި ދެޤައުމު ދެމެދުގައި އޮތް ގުޅުމަކީ ޒަމާންތަކެއްވީ ވަރުގަދަ ގުޅުމެއްކަން ފާހަގަކުރައްވައި، ވެރިކަމަށް ބަދަލުއަޔަސް ދެޤައުމު ދެ މެދުގައި އޮތް ގުޅުމަށް ބަދަލެއް ނާންނާނެކަމުގެ ޔަޤީންކަންދެއްވިއެވެ.

މީގެ އިތުރަށް، މަޖިލީހުގެ ރައީސް މިއަދު ވަނީ ސްރީލަންކާގެ އެކްޓިންގ ފޮރިން މިނިސްޓަރ އޮނަރަބަލް ތަރަކާ ބަލަސޫރިޔާއާ ވެސް ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމުގައި ފާއިތުވިތާނގައި ދެޤައުމު ދެމެދުގައި އޮތް ގާތްގުޅުން ފާހަގަ ކުރައްވައ،ި ކުރިއަށް އޮތް ދުވަސްތަކުގައި ދެ ޤައުމަށްވެސް އިތުރަށް ފައިދާވާނެ ގޮތްތަކުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.