ދިވެހި އަސްކަރިއްޔާ، ޒަމާނީ އަސްކަރީ ވަސީލަތްތަކާއެކީ އިތުރަށް ތަރައްގީ ކުރުމަކީ އަމާޒެއް: އެމްއެންޑީއެފް

ދިވެހި އަސްކަރިއްޔާ، ޒަމާނީ އަސްކަރީ ވަސީލަތްތަކާއެކީ އިތުރަށް ތަރައްގީ ކުރުމަކީ އަމާޒެއް: އެމްއެންޑީއެފް

Author
ހުސެއިން
16 ޖެނުއަރީ 2024 08:09
0

ޒަމާނީ އަސްކަރީ ވަސީލަތްތަކާއެކު ދިވެހި އަސްކަރިއްޔާ އިތުރަށް ތަރައްގީ ކުރުމަކީ ވަރަށް މުހިންމު އަމާޒެއް ކަމުގައި އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

ދިވެހި އަސްކަރިއްޔާ އިތުރަށް ކުރިއަރުވާ ތަރައްގީ ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި ގުޅެގޮތުން މިއަދު ނެރުނު ބަޔާނެއްގައި އެމްއެންޑިއެފްއިން ބުނެފައިވަނީ ދިވެހި ސިފައިންގެ ހަގީގީ މަސްއޫލިއްޔަތަކީ ދިވެހި ރައްކާތެރިކަން ކަށަވަރު ކުރުމަށް ގާނޫނުގައި ބުނެފައިވާ އެންމެހާ ކަންކަން ކަށަވަރު ކުރުން ކަމުގައެވެ.

އެގޮތުން، ސިފައިންގެ ގާނޫނުގައި ވާގޮތުގެމަތިން، ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ދައުލަތް ދިފާއުކޮށް، ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި މަސްލަހަތު ހިމާޔަތްކުރުމުގެ ޒިންމާއަކީވެސް ދިވެހި ސިފައިންނާއި މަތިކޮށްފައިވާ މުހިންމު ޒިންމާއެއްކަމުގައިވެސް އެމްއެންޑީއެފްގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

އޭގެ އިތުރުންވެސް، ކަނޑުމަތީގައި ހިނގާ ކުށްތައް ހުއްޓުވުމަށާއި މަސްކަނޑުތައް ރައްކާތެރިކުރުމާއި ކަނޑުގެ ސަރަހައްދުގައި ހިނގާ ހާދިސާތަކުން މީހުން ސަލާމަތްކުރުމުގެ ވާޖިބުވެސް ގާނޫނު އަސްކަރިއްޔާއާއި މަތިކޮށްފައިވާކަމަށްވެސް ވިދާޅުވެފައި ވެއެވެ.

މި ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަން ހުރި، އަދި ބަދަލުވަމުންދާ ސަލާމަތީ މަސްރަހުގައި ކުރިމަތިލާން ޖެހިދާނެ ސަލާމަތީ ގޮންޖެހުންތަކާއި، ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތިލުމުގެ ގާބިލުކަން ހުރި ޒަމާނީ އަސްކަރިއްޔާއަކަށް ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު އެންމެ އިސްކަން ދެއްވާ އެއް ކަންތަކެވެ.

އެމްއެންޑީއެފްގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

އަސްކަރިއްޔާގެ ތަރައްގީއަށް މިހާރު ކުރެވެމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން އެމްއެންޑީއެފްއިން ބަޔާނެއް ނެރެފައިވާއިރު، ރާއްޖޭގައި ބޭނުންކުރާ އިންޑިއާގެ ޑޯނިއަރ މަތިންދާ ބޯޓާއި އަދި ހެލިކޮޓަރ ފޮނުވާލާ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއަށް ބޭލުމުގެ މަޝްވަރާތައް މިހާރު ދަނީ ކުރިއަށެވެ. އަދި ރާއްޖެއިން އެދިފައިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަންނަ މާރޗްމަހުގެ 15ގެ ކުރިން ބޭލުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.