ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރު ދައްކައި ފޭރުނު މީހަކު ހައްޔަރުކޮށްފި

ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރު ދައްކައި ފޭރުނު މީހަކު ހައްޔަރުކޮށްފި

Author
އަހުމަދު
16 ޖެނުއަރީ 2024 04:05
0

ގަލޮޅު ބައެއް ފިހާރަތަކަށާއި ބޭސް ފިހާރަތަކަށް މޫނުނިވާކޮށްގެން ވަދެ ތޫނު ހަތިޔާރު ބޭނުންކޮށްގެން، ފިހާރައިގެ ކޭޝިއަރަށް ބިރުދައްކައި ފޭރުނު މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހުން ފެށިގެން މި ޖަނަވަރީ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ހުށަހަޅާފައިވާ އެފަދަ 3 މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފައިވަނީ ގަލޮޅު ޕޮލިހުން ހިންގި އޮޕަރޭޝަނެއްގައެވެ.

މިދިޔަ އާދިއްތަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން 33 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު މައްސަލައާ ގުޅުންހުރި ތަކެތި ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ޖަނަވަރީ 15 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.