ހަނގުރާމައަށް ގޮސް 100 އެއްހާ ދިވެހިން ދުނިޔޭގެ އެކި ގައުމުތަކުގައި ތިބިއިރު މީގެތެރެއިން 90 އަށް ވުރެ ގިނަ ދިވެހިން ރާއްޖެ އަންނަން ބޭނުންވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ސީރިއާއަށްދިޔަ 90 މީހުން ތިބި ކަމަށާއި އެހެންނަމަވެސް އެ މީހުންނަކީ މިފަހަރު ގެނެވެނު މީހުން އިތުރަށް ތިބި މީހުން ކަމަށެވެ.
އެ 90 މީހުން އެނބުރި ރާއްޖެ އަށް އެނބުރި އަންނަން ބޭނުންވޭ
އިހުސާން ވިދާޅުވީ މި 90 މީހުންނަކީވެސް އެކި ގޮތްގޮތުން މުވާސަލާތު ކުރެވި ރާއްޖެ އަންނަން ބޭނުންވެގެން އެދިފައިވާ މީހުން ކަމަށެވެ. އެހެންވެ އެ މީހުންނަކީ ދިވެހިންކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ވިދާޅުވި އެވެ.
ސީރިއާގައި ކުރެވުނު އެގައުމުގެ ދާޚިލީ ހަނގުރާމާގައި ބައިވެރިވުމަށް އެގައުމަށްދިޔަ 21 ދިވެއްސަކު މިހާރު މާލެ ގެނެސްފައިވާ ކަމަށާއި، އެމީހުން މިހާރުތިބީ ހިންމަފުށީގައި ހުންނަ ރީއިންޓަގްރޭޝަން ސެންޓަރުގައި ކަމަށްވެސް ހޯމްލޭންޑް މިނިސްޓްރު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ