ޒުވާނުނަށް އިސްކަންދޭ ކަމަށްބުނެ ބިދޭސީން ބޮޑު މުސާރާގައި ގެނައުމުން ދެކޮޅު ނުޖެހޭ: ސައީދު

ޒުވާނުނަށް އިސްކަންދޭ ކަމަށްބުނެ ބިދޭސީން ބޮޑު މުސާރާގައި ގެނައުމުން ދެކޮޅު ނުޖެހޭ: ސައީދު

Author
މުޙައްމަދު ޝަޒައިމް
15 ޑިސެމްބަރ 2020 11:41
0

މިސަރުކާރުން ޒުވާނުންނަށް އިސްކަންދީ، ޒުވާނުންނަށް ފަހި ފުރުސަތުތައް ތަނަސްކޮށްދޭ ކަމަށްބުނެ އަޑަށް ބާރުލާފައި ވަކާލާތު ކުރައްވާއިރު، ފެނިގެންދަނީ އެއާއި ދިމާ އިދިކޮޅަށް އަމަލުތައް ހުރިތަން ކަމުގައި ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މިހާރުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މިފަދަ ޓްވީޓެއް ކުރައްވާފައިވަނީ  ވެލާނާ އިންޓަރނޭޝަނަލް  އެއަރޕޯޓް ހިންގާ ކުންފުނި، އެމްއޭސީއެލްގެ އޯރަޓް ޑައިރެކްޓަރގެ މަޤާމަށް އިންޑިއާގެ މަޖޫ ޗެރިއަން އައްޔަންކުރެއްވުމާއި ގުޅުގެންނެވެ. ސައީދު ވިދާޅުވީ ރާއްޖޭގައި ތައުލީމީ ޤާބިލް އެތަކެއް ފަންނީ ޒުވާނުން ތިއްބައި، ޒުވާނުންނަށް އެފުރުސަތު ފަހިކޮށް ނުދެއްވުމަކީ މިސަރުކާރުން ޒުވާނުންނަށްވާ ވަރަށް ބޮޑު ބޭ އިންސާފެއް ކަމަށެވެ.

ރާއްޖޭގެ ހުނަރުވެރިންނަށް އިސްކަން ނުދީ، ބިދޭސީން ބޮޑެތި މުސާރައަށް ގެނައުން ދެކޮޅު ނުޖެހޭ. ޒުވާނުން ތަމްރީނު ކުރުމަކީ ބުނެލާ ބަހަކަށް ނުހުހައްދަވާ.

– ރައީސް ޞާލިހު ޓެގްކުރައްވައި ސައީދު ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

މިސަރުކާރުން އިސް ފަންތީގެ ވަޒީފާތަކަށް ޚާއްޞަކޮށް ކުންފުނިތަކުގެ މަތީ މަޤާމުތަކަށް އިންޑިއާ ރައްޔިތުން އައްޔަންކުރާކަމުގެ ތުހުމަތު ބައެއް ފަރާތްތަކުން އަންނަނީ ކުރަމުންނެވެ. ސައީދު މިހެން ވިދާޅުވެފައިވާއިރު، އެމްއޭސީއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު ކަމަށް އިނގިރޭސިވިލާތުގެ ބޭފުޅެއްކަމަށްވާ ގޯޑަން އެންޑްރޫ ސްޓީވާޓް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.