ސީރިއާގައި ކުރެވުނު އެގައުމުގެ ދާޚިލީ ހަނގުރާމާގައި ބައިވެރިވުމަށް އެގައުމަށްދިޔަ އަހުލީ ހަނގުރާމައަށްދިޔަ 21 ދިވެއްސަކު މިހާރު މާލެ ގެނެސްފައިވާ ކަމަށާއި، އެމީހުން މިހާރުތިބީ ހިންމަފުށީގައި ހުންނަ ރީއިންޓަގްރޭޝަން ސެންޓަރުގައި ކަމަށް ހޯމްލޭންޑް މިނިސްޓްރީ ވިދާޅުވެއްޖެއެވެ.
އެ މިނިސްޓްރީން މިއަދު ބާއްވަމުން ގެންދާ ނޫސްވެރިން ބައްދަލުވުމުގައި މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އެ މީހުން ރާއްޖެ ގެނެސްފައިވަނީ ތުރުކީ މަގުން، ދިވެހި ސަރުކާރުން ޗާޓަރު ކުރި ފްލައިޓެއްގައި ކަމުގައެވެ.
އޭނާ ވިދާޅުވީ ރާއްޖެ ގެނައި އާލާގެ ތެރޭގައި އަލަށް އުފަންވި ކުދިންވެސް އެބަތިބި ކަމަށާއި، އެހެންނަމަވެސް އެކުންދިންގެ މަންމައާއި އޮތް ގުޅުން ޑީއެންއޭގެ ޓެސްޓުތަކުން ކަށަވަރު ކުރާނެ ކަމުގައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލީ އިހުސާން ވިދާޅުވީ ސީރިއާއަށްދިޔަ 90 މީހުން ތިބި ކަމަށާއި އެހެންނަމަވެސް އެ މީހުންނަކީ މިފަހަރު ގެނެވެނު މީހުން އިތުރަށް ތިބި މީހުން ކަމަށެވެ.
އެ 90 މީހުން އެނބުރި ރާއްޖެ އަށް އެނބުރި އަންނަން ބޭނުންވޭ
އިހުސާން ވިދާޅުވިއެވެ.
އަދި އޭނާ ވިދާޅުވީ މިމީހުން ސީރިއާއަށް ގޮސްފައިވާކަމަށް ބެލެވެނީ ކައިރި ކޮންމެވެސް ގައުމަކަށް ނުވަތަ މެދުއިރުމަތީގެ ކޮންމެވެސް ގައުމަކަށް ދިއުމަށްފަހު ކަމަށެވެ. އެއީ މި ސަރަހައްދުތަކަށް ރާއްޖެއިން ސީދާ ފްލައިތްތައް އޮޕަރޭތް ނުކުރާތީކަމަށްވެސް އިހުސާން ވިދާޅުވިއެވެ.
އިހުސާން އިތުރަށް ވިދާޅުވީ ރާއްޖެއިން ބޭރަށް މިގޮތަށް ގޮސްފައިވާ ގިނަ އާއިލާތަކަކީ ބޭސްފަރުވާއަށް ނުވަތަ އެފަދަ ކޮންމެވެސް ބޭނުމަކަށް އަވައްޓެރި ގައުމަކަށް ދިއުމަށްފަހު އެގައުމުތަކުން ފުރައިގެން ދާ އާއިލާތައް ކަމަށްވާތީއެވެ.
އަލީ އިހުސާން ވިދާޅުވީ މިފަހަރު ގެނެވުނު 21 މީހުންގެ ތެރޭގައި 18 އަހަރު ނުފުރޭ 14 ކުދިން ތިބިކަމުގައެވެ.
އިހުސާން ވިދާޅުވީ މިފަހަރު ގެނެވުނު އެއް އާއިލާއަކީ ބޭސްފަރުވާއަށް އިންޑިއާއަށް ދިއުމަށްފަހު އެގައުމުން ފުރައިގެން ސީރިއާއަށް ދިޔަ އައިލާއެއް ކަމުގައެވެ.
ކޮމެންޓު ފޮނުވާ