މަޖިލިސް އިންތިޚާބުގައި ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ބާކީ 6 ދުވަސް

މަޖިލިސް އިންތިޚާބުގައި ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ބާކީ 6 ދުވަސް

Author
ހުސެއިން
16 ޖެނުއަރީ 2024 10:50
0

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ގާނޫނުން ލިބިދޭ 10 ދުވަހުގެ މުއްދަތު ހަމަވާން ކުރިޔަށް އޮތީ ބާކީ 6 ދުވަސް ކަމަށް އިލެޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެކްސްގައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ކުރެއްވި އެކްސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ  ޖެނުއަރީ 21 ގައި މުއްދަތު ހަމަވާނެކަމުގައެވެ.

ހަބީބު ވިދާޅުވެފައިވަނީ އެމީހެއްގެ ނަން، އެޑްރެސް ، އައިޑެންޓިޓީ ކާޑު ނަންބަރު އަދި ޚާއްޞަކޮށް އެމީހަކު ވޯޓުލާންޖެހޭ ދާއިރާ އޮތީ ރަނގަޅަށްތޯ ބެއްލެވުން ވަރަށްބޮޑަށް އެދޭކަމަށާއި، އިލެކްޝަންސް ކޮމިޝަނުން ބަލާނީ ދިވެހި ރައްޔިތެއް ކަން އަންގައިދޭ ކާޑަށް ކަމަށެވެ.

 ގޭގޭގެ ރަޖިސްޓަރީ އަކަށް އީސީން ނުބަލާނެ. އެހެންވީމާ، އައިޑެންޓިޓީ ކާޑު ގައިވާ މައުލޫމާތާއި، ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓުގައިވާ މައުލޫމާތު ދިމާވޭތޯ އަވަހަށް ޗެކް ކުރައްވާ. 1414 އާ ގުޅުއްވައިގެން މައުލޫމާތު އޮޅުންފިލުވައި ލެއްވޭނެ. މި މުއްދަތު ގައި ޗެކް ނުކުރެވިއްޖެނަމަ، ބޭނުންވާ ދާއިރާއަށް ވޯޓު ނުލެއްވިދާނެ. އީސީން މަސްދަރެއްގެ ގޮތުން ބަލާނީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން ގައިވާ އައިޑެންޓިޓީ ކާޑު ގެ މަޢުލޫމާތު.

ހަބީބުގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024 މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ހަފްތާގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.