20 ވަނަ ރައްޔިތުންގެ މަޖްލިހުގެ އެމްޑީޕީގެ ޕްރައިމާރީ ބޭއްވުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ، ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓް އާއްމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
އެމްޑީޕީން ކުރި އިއުލާނުގައިވަނީ މި ލިސްޓާއި މެދު ޝަކުވާ ހުށައަޅަން ބޭނުންވާ ފަރާތްތަކަށް 18 ޖަނަވަރީ 2024 ވަނަ ދުވަހުގެ ހަވީރު 04:00 އާއި ހަމައަށް އެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަމަށެވެ.
އަދި މިއުލާންގައި އާއްމުކުރެވިފައިވާ ލިސްޓުގައިވާ ވޯޓުލާތަން ނޫން އެހެން ތަނަކަށް، (ރަށްވެހިވެފައިވާ ރަށް ނުވަތަ މާލެ) ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތުވެސް މިޝަކުވާގެ މުއްދަތުގައި ހުޅުވާލެވިފައިވާ ކަމަށްވެސް އިއުލާންގައި ބުނެފައި ވެއެވެ.
އަންނަ މާޗް 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 3 ވަނަ ދުވަހުއެވެ.
އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ 33 ދާއިރާއެއްގައި ބާއްވާ އިރު، އެ ޕްރައިމަރީގައި 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ ބައެއް މެމްބަރުންވެސް ވާދަކުރެއެވެ. 46 ބޭފުޅަކަށް އެމްޑީޕީގެ ޓިކެޓް ޕްރިމަރީއަކާ ނުލާ ވަނީ ކަށަވަރުވެފައެވެ.
ކޮމެންޓު ފޮނުވާ