މިއަހަރު މިހާތަނަށް 19 މީހުން އިންފުލުއެންޒާއަށް ޕޮޒިޓިވް ވެއްޖެ

މިއަހަރު މިހާތަނަށް 19 މީހުން އިންފުލުއެންޒާއަށް ޕޮޒިޓިވް ވެއްޖެ

Author
ހުސެއިން
15 ޖެނުއަރީ 2024 10:55
0

މިއަހަރު މިހާތަނަށް 19 މީހަކު އިންފްލުއެންޒާއަށް ޕޮޒިޓިވް ވެފައިވާކަމަށް އެޗްޕީއޭއިން އާންމު ކޮށްފައިވާ ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަހަރު ޖެނުއަރީއާއި ހަމައަށް އިންފްލުއެންޒާ-އޭ އަށް ޕޮޒިޓިވް ވެފައިވާ 18 މީހުންނާއި އިންފްލުއެންޒާ-ބީ އަށް ޕޮޒިޓިވް އެކަކު ހިމެނެއެވެ.

އިންފްލުއެންޒާގެ ވައްތަރުތަކުގެ ތެރޭގައި، އިންފްލުއެންޒާ އޭގެ ތެރޭގައި އެޗް1އެން1 އަދި އެޗް3އެން2 ހިމެނެއިރު އިންފުލުއެންޒާ ބީގެ ތެރޭހައި ވިކްޓޯރިއާ ހިމެނެއެވެ.

މިއަހަރު މިހާތަނަށް ޕޮޒިޓިވެފައިވާ މީހުންގެ ނިސްބަތަށް ބަލާއިރު،  ފާއިތުވި 2023 ވަނަ އަހަރުގެ ސެޕްޓެމްބަރ، އޮކްޓޯބަރ، ނޮވެމްބަރ އަދި ޑިސެމްބަރު މަހަށްވުރެވެސް ޕޮޒިޓިވް ވީމީހުންގެ އަދަދު މަދުކަން ފާހަގަ ކޮށްލެވެއެވެ. މި މުއްދަތުގައި އިންފްލުއެންޒާއަށް އެންމެ ގިނަ މީހުން ފޮޒިޓިވް ވެފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށެވެ.

އިންފްލުއެންޒާ އޭ، އެންވަންއެޗްވަންއަށް ޕޮޒިޓިވް ވެގެން 3 ކުޑަކުއްޖަކަށް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށާފައިވާކަމަށް މިމަހުގެ 14 ވަނަ ދުވަހުން ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ޑރ. މުހައްމަދު އަލީ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ އެންވަންއެޗްވަން ރާއްޖޭގައި ފެތުރެމުންދާ ހަފްތާތަކެއް ވެއްޖެކަމަށާއި، ފާއިތުވި 30 ދުވަހުގެ ތެރޭގައި މި ބަލީގައި އެކަކު ނިޔާވެފައިވާ ކަމުގައެވެ.

އޭނާ ވިދާޅުވީ އެހެންނަމަވެސް މި ބަލި ކާރިސާއަކަށް (ޕެންޑަމިކްގެ ހާލަތަށް) ބަދަލުވެގެން ދިއުމަކީ ވަރަށް ނާދިރުކަމެއް ކަމުގައެވެ. އަދި ފުލޫޝޮޓް (މޫސުމީ އިންފުލުއެންޒާއަށް ދޭ ވެކްސިން) ދީގެ މި ބައްޔަށް ޕޮޒިޓިވް ވާމީހުންގެ ހާލަތު ގޯސްވިޔަ ނުދީ ފަރުޖެއްސޭނެކަމަށްވެސް އޭނާގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވެފައިވަނި މި ވެކްސިން އާސަންދައިން ކަވަރު ކުރުމަކީ ވަރަށް މުހިންމުކަމެއް ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.