ސަރުކާރުގެ އިޤްތިސާދީ ސިޔާސަތުތަކާ ދޭތެރޭ ހިތްހަމަޖެހޭ: ވިޔަފާރަވެރިންގެ ޖަމިއްޔާ

ސަރުކާރުގެ އިޤްތިސާދީ ސިޔާސަތުތަކާ ދޭތެރޭ ހިތްހަމަޖެހޭ: ވިޔަފާރަވެރިންގެ ޖަމިއްޔާ

Author
ހުސެއިން
15 ޖެނުއަރީ 2024 03:44
0

މި ސަރުކާރުގެ އިގްތިސާދީ ސިޔާސަތާ ދޭތެރޭ ހިންހަމަޖެހޭ ކަމުގައި ވިޔަފާރިވެރިންގެ ޖަމިއްޔާއިން މިއަދު ބުނެފިއެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޖަމިއްޔާގެ ރައިސް ޝަހްމީދް އަބްދުالله ވިދާޅުވީ ރައީސް މުއިއްޒުގެ ގެންގުޅުއްވާ އިގްތިޞާދީ ސިޔާސަތު ތަކާއި މެދު އެ ޖަމިއްޔާއިން ހިތް ހަމަޖެހޭ ކަމަށާއި ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ފައިދާ ރާއްޖޭގެ އިގްތިސާދަށް ކުރާނެކަމުގައެވެ.

އަޅުގަނޑުމެން ޤަބޫލުކުރާ ގޮތުގައި ސަރުކާރުގެ އިޤްތިސާދީ ސިޔާސަތުތައް އަޅުގަނޑުމެން ހިތްހަމަޖެހޭ. ސަރުކާރުން ނަންގަވަމުންދާ ފިޔަވަޅުތަކަކީ ގައުމުގެ މުސްތަޤުބަލަށް ވަރަށް މުހިންމު އަދި ގައުމުގެ އިގްތިސާދު އުޖާލާވާނެ ފިޔަވަޅުތަކެއް. އެންމެފަހުން ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަން.

ޝަމްހީދު ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމްހީދު ވިދާޅުވީ ރާއްޖެއަށް އިގްތިސާދީގޮތުން އެންމެ ދަތު އަހަރަކަށް ވެގެންދާނެކަމަށް ބެލެވެނީ 2026 ވަނަ އަހަރު ކަމަށާއި، އެ އަހަރު އަންނަންވާއިރަށް ސަރުކާރުންވެސް ތައްޔާރީތައް ވާނެކަމަށް ގަބޫލު ކުރައްވާކަމުގައެވެ.

މިހާރު މި ނަގަމުންދާ އިގްތިސާދީ ފިޔަވަޅު ތަކުގެ ސަބަބުން ދުރު މުސްތަގްބަލްގެ އުޖާލާކަން އަޅުގަނޑުމެންނަށް ފެންނަމުން އެބަދޭ.

އިގްތިސާދު ނެގެހެއްޓުމަށް މިހާރު އަޅަމުންދާ ފިޔަވަޅުތައް ރަގަޅުކަމަށް ފާހަގަކުރައްވަމުން ޝަމްހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރުން މިހާރު އަޅަމުންދާ ފިޔަވަޅުތަކާއެކު، ޑޮލަރުގެ އަގު ހިފެހެއްޓި، މިދަލުގެ އަގު އިތުރަށް ނުއުފުލި، ހަމައަގުގައި އާންމު ރައްޔިތުންނަށް މިދާ ލިބިގެންދާނެކަމަށް އެ ޖަމިއްޔާއިން ގަބޫލުކުރާ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.