މާލޭ މޭޔަރު ބައި އިލެކްޝަން: ވޯޓުލީ 17،008 މީހުން، ވޯޓުނުލާ 37،672 މީހުން ތިބި

މާލޭ މޭޔަރު ބައި އިލެކްޝަން: ވޯޓުލީ 17،008 މީހުން، ވޯޓުނުލާ 37،672 މީހުން ތިބި

Author
ހުސެއިން
14 ޖެނުއަރީ 2024 12:46
0

އިއްޔެ ބޭއްވުނު މާލޭ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި ވޯޓުލާފައި ވަނީ އެންމެ 17،008 މީހުން ކަމަށާއިން އިންތިޚާބުގައި ވޯޓު ނުލާ 37،672 މީހުން ތިބިކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރޭ ހާމަކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި މާލެ ސިޓީގެ މޭޔަރު  އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަންގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 54،680 މީހުން ތިބިއިރު ވޯޓުލީ %31.84 މީހުންނެވެ. އެއީ 17،008 މީހުންނެވެ.

މޭޔަރު ހޮވުމަށް އިއްޔެ ބޭއްވ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އިންތިހާބު ކާމިޔާބު ކުރެއްވި އާދަމް އާޒިމް އަށް 7،621 ވޯޓު ލިބިވަޑައިގެންނެވި އެވެ. ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އިން ވާދަކުރެއްވި އާއިޝަތު އާޒިމާ ޝަކޫރަށް 5،031 ވޯޓު ލިބިވަޑައިގެންނެވިއިރު ދަ ޑިމޮކްރެޓްސްގެ މުހައްމަދު ސައިފް ފާތިހް އަށް ލިބިވަޑައިގަތީ 2،343 ވޯޓެވެ.

މޭޔަރު އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ހުސައިން ވަހީދަށް 1،888 ވޯޓު ލިބިވަޑައިގަތްއިރު އަމިއްލަ ގޮތުން ވާދަކުރެއްވި ޝުއައިބު އަލީއަށް ލިބިވަޑައިގަތީ 125 ވޯޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.