އިންފްލުއެންޒާ އޭ، އެންވަންއެޗްވަންއަށް ޕޮޒިޓިވް ވެގެން 3 ކުޑަކުއްޖަކަށް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފިއެވެ.
ޑރ. މުހައްމަދު އަލީ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ އެންވަންއެޗްވަން ރާއްޖޭގައި ފެތުރެމުންދާ ހަފްތާތަކެއް ވެއްޖެކަމަށާއި، ފާއިތުވި 30 ދުވަހުގެ ތެރޭގައި މި ބަލީގައި އެކަކު ނިޔާވެފައިވާ ކަމުގައެވެ.
އޭނާ ވިދާޅުވީ އެހެންނަމަވެސް މި ބަލި ކާރިސާއަކަށް (ޕެންޑަމިކްގެ ހާލަތަށް) ބަދަލުވެގެން ދިއުމަކީ ވަރަށް ނާދިރުކަމެއް ކަމުގައެވެ. އަދި ފުލޫޝޮޓް (މޫސުމީ އިންފުލުއެންޒާއަށް ދޭ ވެކްސިން) ދީގެ މި ބައްޔަށް ޕޮޒިޓިވް ވާމީހުންގެ ހާލަތު ގޯސްވިޔަ ނުދީ ފަރުޖެއްސޭނެކަމަށްވެސް އޭނާގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
ޑރ. މުހައްމަދު އަލީ ވިދާޅުވެފައިވަނި މި ވެކްސިން އާސަންދައިން ކަވަރު ކުރުމަކީ ވަރަށް މުހިންމުކަމެއް ކަމުގައެވެ.
ކޮމެންޓު ފޮނުވާ