މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑި ޕީއެންސީއަށް

މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑި ޕީއެންސީއަށް

Author
އަހުމަދު
14 ޖެނުއަރީ 2024 10:48
0

މ. މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑިއަށް މެމްބަރަކު ހޮވުމަށް އިއްޔެ ބޭއްވި ބައި އިލެކްޝަން ވެރިކަން ކުރާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމު ކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުގައި މި ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ޓިކެޓުގައި ނުކުންނެވި ޒައީމާ އަބްދުއްރަޝީދެވެ. އޭނާ އަށް 243 ވޯޓު ލިބިވަޑައިގެންނެވިއެވެ.

ޒައީމާއާ ވާދަކުރެއްވީ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި މަރިޔަމް ހަސަނެވެ. އޭނާ އަށް 229 ވޯޓު ލިބިވަޑައިގެންނެވިއެވެ. ބާތިލް ވޯޓުގެ ގޮތުގައި 18 ވޯޓު ކަނޑައަޅާފައިވެއެވެ. ބައި އިލެކްޝަންގައި ޖުމްލަ 490 މީހުން ވޯޓުލިއެވެ.

ވޯޓުލުމުގެ ހައްގު ލިބިގެންވާ 1،322 މީހުން ތިއްބެވެ. ބައި އިލެކްޝަންގައި ވޯޓުލީ މީހުންގެ ނިސްބަތަކީ %37.07 މީހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.