ހަނގުރާމަތަކުގެ އަސަރު ކުޑަކުރެއްވުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅަށް ނައިބު ރައީސްގެ ތައުރީފު

ހަނގުރާމަތަކުގެ އަސަރު ކުޑަކުރެއްވުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅަށް ނައިބު ރައީސްގެ ތައުރީފު

Author
ޙަސަން މުޙައްމަދު
29 މާރޗް 2026 09:45
0

ދުނިޔޭގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ރާއްޖެއަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ހިކުމަތްތެރިކަމާއެކު މުހިންމު މަސައްކަތްޕުޅުތަކެއް ކުރައްވަމުން ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ގދ. ފަރެސްމާތޮޑާގެ ބިންހިއްކުމާއި ދޯނި އެހެލާ ސަރަހައްދު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގެ ތެރެއިން އެމަނިކުފާނު ވަނީ ފަރެސްމާތޮޑާގެ މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތްވެސް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.

މި ސަރުކާރުގެ ޅަފަތުގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހުނު ނަމަވެސް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި އަންނަން އޮތް ޖީލުތަކަށް ފައިދާހުރި މުހިންމު މަޝްރޫއުތައް ރައީސް ގެންދަވަނީ ވަރަށް ދުރުވިސްނުންފުޅާއެކު ތަންފީޒުކުރައްވަމުންކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދައިދިނުމުގައި ސަރުކާރުން ފަސްނުޖެހޭނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

މީގެ އިތުރުން، ސަރުކާރުގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ބޮޑުކަން ފާހަގަކުރައްވައި ނައިބު ރައީސް ވަނީ މުހިންމު މިސާލެއް ނަންގަވާފައެވެ. އެގޮތުން، ކުރީ ސަރުކާރު ވެރިކަމާ ހަވާލުވިއިރު އޮތް އިދިކޮޅު މެޖޯރިޓީ މަޖިލީހުންވެސް، އޭރުގެ ސަރުކާރުން އެދުނު ބަޖެޓު ފާސްކޮށްދީ ދެއްކި ތަހުޒީބުކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.