އިއްޔެގެ ނަތީޖާއާއެކު މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ އަދިވެސް ސަރުކާރަށް

އިއްޔެގެ ނަތީޖާއާއެކު މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ އަދިވެސް ސަރުކާރަށް

Author
ހުސެއިން
14 ޖެނުއަރީ 2024 10:18
0

އިއްޔެ ބޭއްވުނު މާލޭ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގެ ނަތީޖާއާއެކު މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ ސަރުކާރުން ދަމަހައްޓައިފިއެވެ.

އިއްޔެ ބޭވިގެންދިޔަ މާލޭ ސިޓީ ކައުންސިލްގެ މޭޔަ އަދި ކައުންސިލަރުންގެ ބައި އިލެކްޝަންގައި މޭޔަރުކަން ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް އާދަމް އާޒިމްއެވެ.

އޭގެ އިތުރުން މާލޭސިޓީ ކައުންސިލް މެމްބަރުންގެ ބައި އިލެކްޝަންގައި ދެގޮނޑި ޕީއެންސީން ކާމިޔާބު ކޮށްފައިވާއިރު، އެއް ގޮނޑި އެމްޑީޕީން ވަނީ ކާމިޔާބު ކޮށްފައެވެ،

އެގޮތުން ހެންވޭރު ދެކުނު ދާއިރާ ޕީއެންސީގެ ކެނޑިޑޭޓް ރިޝްފާ ކާމިޔާބު ކޮށްފައިވާއިރު، މާފަންނު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްފައިވަނީވެސް ޕީއެންސީގެ ހަސަން ނިޒާމްއެވެ. އެހެންނަމަވެސް މެދު ހެންވޭރު ދާއިރާގެ ގޮނޑި 15 ވޯޓުގެ ތަފާތުން ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް ރިޟުވާން ރަޝީދެވެ.

ފާއިތުވި ބައި އިލެކްޝަން ކެޕްމޭންތެރޭގައި މާލޭ ސިޓީ ކައުންސިލްގެ އެމްޑީޕީ މެމްބަރަކާއި އަދި ޑިކޮކްރެޓްސްގެ މެމްބަރަކުވަނީ ޕީއެންސީއަށް ސޮއި ކޮށްފައެވެ.

އިއްޔެ އިންތިޚާބުގެ ނަތީޖާއާއެކު މާލޭ ސިޓީ ކައުންސިލްގެ ޖުމްލަ 19 މެމްބަރުންގެ ތެރެއިން 12 މެމްބަރަކު މިހާރުވެސް ނިސްބަތްވަނީ ވެރިކަންކުރާ ޕީޕީއެމް/ޕީއެންސީއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.