މިހާތަނަށް ގުނުނު ފޮށިތަކުން ކުރީގައި އާދަމް އާޒިމް

މިހާތަނަށް ގުނުނު ފޮށިތަކުން ކުރީގައި އާދަމް އާޒިމް

Author
ހުސެއިން
13 ޖެނުއަރީ 2024 06:58
0

މިއަދު ބޭއްވުނު މާލޭ ސިޓީގެ މޭޔަރ އަދި ކައިންސިލް މެމްބަރުންގެ ބަައި އިލެކްޝަންގައި މިހާތަނަށް ގުނުނު ފޮށިތަކުން އެމްޑީޕީގެ ކެނޑިޑޭޓު އާދަމް އާޒިމް ކުރި ހޯއްދަވަން ފައްޓަވައިފިއެވެ.

އާދަޔާ ޚިލާފަށް މަދުން މީހުން ވޯޓުލާފައިވާކަމަށް ބެލެވޭ މިއިންތިޚާބުގައި މިހާތަނަށް ގުނުނު ވޯޓުގެ ނަތީޖައަށް ބަލާއިރި އާޒިމްއަށް ލިބުނު ވޯޓި 2000 އަށްވުރެ މައްޗަށް އަރާފައިވާއިރު އާޒިމާއަށް ލިބިފައިވާ ވޯޓުވެ އަދަދު އަދަދު އުޅެނީ 2000 ވޯޓަށްވުރެވެސް ދަށުގައެވެ.

އިންތިޚާބުވައި ވާދަކުރި އެހެން ކެނޑިޑޭޓުން އުޅެނީ އާޒިމްއާއި އާޒިމާއަށްވުރެ ބޮޑުތަނުން ދަށުގައެވެ.

އެހެންނަމަވެސް އަދިވެސް ގިނަ އަދަދެއްގެ ފޮށިތައް ގުނާ ނިމިފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.

ތަރުހީބު ކުޑަ އިންތިޚާބެއްގެ ގޮތުގައި ބެލެވުނު މިއަދުގެ ބައި އިލެކްޝަންގައި، ހަވީރު ފަހެއް ޖެހުމާ އެކުގައި ކިއުތައް ބަންދު ކޮށްފައިވަނީ ވޯޓުލާން އިތުރު ބަޔަކު ނެތިއެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާންމުކުރި ހިސާބުތަކަށް ބަލާއިރު، 4:30 އާއި ހަމައަށްވެސް ވޯޓުލާފައި ވަނީ 14،605 މީހުންނެވެ. މިއީ ވޯޓުލެވޭ މީހުންގެ %26.08 މީހުންނެވެ. އޭގެ ތެރޭގައޖ ހިމެނެނީ 7،945 ފިރިހެނުންނާއި 6،660 އަންހެނުންނެވެ.

މާލޭގެ މޭޔަރާއި އެ ކައުންސިލުން ހުސްވެފައިވާ ތިން ގޮނޑިއަކަށް މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގެ ވޯޓުލުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފެށީ މިއަދު ހެނދުނު 8:00 ގައެވެ.

މާލޭގެ މޭޔަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަންގައި އާޒިމާ އާއި އާޒިމްއާ އެކުގައި ފަސް ކެންޑިޑޭޓުން ވާދަކުރައްވައެވެ. ދެން މި އިންތިހާބުގައި ވާދަކުރައްވަނީ ޑިމޮކްރެޓްސްގެ ފަރާތުން ކައުންސިލްުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ސައިފް ފާތިހް (އައިކޮ) އާއި އަމިއްލަ ގޮތުން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދާއި ޝުއައިބު އަލީ އެވެ.

މާލޭގެ މޭޔަރުގެ ގޮނޑި ހުސްވީ އެ މަގާމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް ކަމަށް އިންތިހާބުވެވަޑައިގެން، ވެރިކަމުގެ ހުވާ ކުރެއްވުމުންނެވެ. އަދި ސިޓީ ކައުންސިލްގެ ތިން ގޮނޑި ހުސްވީ އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.