ނަތީޖާ އާއިމެދު ހިތްހަމެއް ނުޖެހޭ: މޯހަން

ނަތީޖާ އާއިމެދު ހިތްހަމެއް ނުޖެހޭ: މޯހަން

Author
އިބްރާހީމް ސާޢިދު
15 ޑިސެމްބަރ 2020 10:30
0

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް ސުޕަ ޔުނައިޓެޑު އަތުން ބަލިވުމުން ނަތީޖާއާ ދޭތެރޭ ހިތްހަމަނުޖެހޭ ކަމަށާއި ކުޅުމާ މެދު ވެސް އެންމެ ހިތްހަމަނުޖެހޭ ކަމަށް އީގަލްސްގެ ކޯޗު މުހަންމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

މޯހަން ބުނީ އަނިޔާގައި ހުރި ރިޒޭ ނެތްތަން ފޫބައްދަން އުނދަގޫވި ކަމަށާއި ޓީމުގެ ތިބި ކުޅުންތެރިންނަށް ބަލާއިރު ތަޖުރިބާކާރު ކުޅުންތެރިން މަދުވުމުގެ ދަތިކަން ކުރިމަތިވި ކަމަށެވެ. މޯހަން ބުނީ ސަސް އިން ވަރަށް ޑިފެންސުވްކުރި ކަމަށައި އެ ޓީމުން އެ ޓީމުގެ ރޭވުމުގައި ކުރި މަސައްކަތަށް ތައުރީފު ހައްގު ކަމަށެވެ.

ފުރުސަތުތައް ކްރިއޭޓްކުރެވުނު ވަރު މަދު. އެކަމަކު ގިނަ ވަގުތު ބޯޅަ ގެންގުޅެވުނު. ފަހު ހާފުގައި އެކަނި ތިބެ ކުރެވުނު މިސް ޕާސް ގިނަ ކަމަށް ފަހަގަކުރެވުނު. ލިބުނު ޗާންސްތައް ބޭނުންނުކުރެވި މިދިޔައީ.

– މޯހަން ބުނެފައިވެއެވެ.

ސަސްގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނީ ކުޅުންތެރިންނަށް މަރުހަބާ ކިޔާ ކަމަށާއި ތިން ޕޮއިންޓް ލިބުމުގެ ފަހަތުގައި އޮތީ އެ ކުޅުންތެރިން ކުރި މަސައްކަތާއި ހިތްވަރު ކަމަށެވެ. އޭނާ ބުނީ އަނިޔާގެ މައްސަލަ ޓީމުގައި ބޮޑު ކަމަށާއި އޭގެ ސަބަބުން ބައެއް ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ފެނުނު ކަމަށެވެ. އެކަަމަކު ރަނގަޅު މެޗަކުން މޮޅުވެ އިތުބާރާ އެކު އޮތް ވަރުގަދަ އީގަލްސްއާ ދެކޮޅަށް ކުޅެވޭ އެންމެ ރަނގަޅަށް ކުޅުނުކަން އޭނާ ފާހަގަކުރިއެވެ.

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ފުރަތަމަ ޑިވިޝަނުގައި ކުޅުނު ފުރަތަމަ މެޗުން  ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އަތުން މޮޅުވީ 1-0 ލަނޑުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.