ސްޓެލްކޯގެ ކޭބަލަކަށް ގެއްލުންވެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ

ސްޓެލްކޯގެ ކޭބަލަކަށް ގެއްލުންވެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ

Author
ހުސެއިން
12 ޖެނުއަރީ 2024 04:17
0
ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވެ މައްޗަންގޮޅީގެ ބޮޑު ސަރަހައްދަކުން ކަރަންޓު ހިގައްޖެއެވެ.
ސްޓެލްކޯއިން ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ ކޭބަލަށް ގެއްލުންވެ ކަރަންޓު ދިޔައީ ކާމިނީމަގު ސަރަހައްދުން ކަމުގައެވެ.
އަދި ވަގުތީ ކޭބަލެއް އަޅައި ވީއެންމެ އަވަހަކަށް އެ ސަރަހައްދަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރިޔަށްދާ ކަމުގައިވެސް ސްޓެލްކޯއިން ބުނެފައި ވެއެވެ.

މިމަސައްކަތް ކުރިޔަށްދާއިރު ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.