"ލަސްވިޔަސް" ގެ ޝޫޓިން އެއްކޮށް ނިންމާލައިފި

"ލަސްވިޔަސް" ގެ ޝޫޓިން އެއްކޮށް ނިންމާލައިފި

Author
ފާތިމަތު ނާވީ
12 ޖެނުއަރީ 2024 05:04
0

ކާމިޔާބު ފިލްމް "ދެރިޔާ" ގެ ހުނަރުވެރި ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) ބެލުންތެރިންނަށް ގެނެސްދޭން ތައްޔާރުވަމުން އަންނަ އޭނަގެ ދެވަނަ ފީޗާ ފިލްމު "ލަސްވިޔަސް" ޝޫޓިން އެއްކޮށް ނިންމާލައިފި އެވެ.

އެ ވާހަކަ ފިލްމުގެ އިންސްޓަގްރާމް އެކައުންޓްގައި ވަނީ ހިއްސާ ވެސް ކޮށްފައިއެވެ. އަދި ހާއްސަ ވީީޑިއޯ އެއް ވަނީ ޕޯސްޓު ކޮށްފައިއެވެ. ކެންސަރާ ހަނަގުރާކުރާ ކުޑަ އަންހެން ކުއްޖަކަށް ބިނާކޮށް ގެނެސްދޭ ފިލްމުގެ ޝޫޓިން ފެށީ 2022 ގެ މާޗްގަ އެވެ.

 

View this post on Instagram

 

A post shared by Tedry Niyaz (@tedryniyaz)

"ލަސްވިޔަސް" އަކީ 2017 ގައި އިއުލާންކުރ ފިލްމެކެވެ. އޭރު ނިންމީ 2018 ފައި ފިލްމު ގެނެސްދޭށެވެ. ނަމަވެސް އެކިއެކި ސަބަބުތަކާ ހެދި ފިލްމުގެ މަސައްކަތް ފެށުން ލަސްވީ ކަމަށް ޑައިރެކްޓަރު ބުނެފައިވެ އެވެ.

މި ފިލްމް ގެ ލީޑުން ފެނިގެންދާ ތަރިންގެ ތެރޭގައި ހިމެނެނީ ހުނަރުވެރި މޮޅު އެކްޓިންއެއް ދަައްކަމުން އަންނަ ވާޝިޔާ މުޙައްމަދު (ޝިޔާ)، ހުނަރުވެރި އެކްޓަރ އަޙްމަދު އީސާ (އާނަންދު)ގެ އިތުރުން ކުރީގެ އެކްޓްރެސް ނިޢުމާ މުޙައްމަދުގެ ދަރިފުޅު ޒޯޔާ ޙަސަން އިބްރާހީމް އެވެ.

 

View this post on Instagram

 

A post shared by Lasviyas (@lasviyasmovie)

މި ފިލްމުން މަޝްހޫރު އެކްޓްރެސް މަރްހޫމް ފައުޒިއްޔާ ފެނިގެންދާނެ އެވެ. މީގެ އިތުރުން ރާއްޖޭގެ އެންމެ މަޝްހޫރު އެކްޓަރު ރީކޯ މޫސާ މަނިކްވެސް ފެނިގެންދާނެ އެވެ. މާ ދިގު ނޫން ނަމަވެސް މުހިންމު ރޯލަކުން މޫސަ ފެނިގެންދާއިރު، މޫސަ ވަނީ ޓެޑްރީގެ ފިލްމު "ދެރިޔާ" ގައިވެސް މަސައްކަތް ކޮށްފައެވެ.

"ލަސްވިޔަސް" އަކީ ޓެޑްރީ 1994 ގައި ގެނެސްދިން "ދެރިޔާ" އަށް ފަހު، ޑައިރެކްޓްކޮށް، ބެލުންތެރިންނަށް ގެނެސްދޭ ދެވަނަ ފީޗާ ފިލްމެވެ. "ދެރިޔާ" އަކީ ދިވެހި ފިލްމް އިންޑަސްޓްރީގައި ވަރަށް ކާމިޔާބު ފިލްމް އެކެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.