"ކަންބަޅި" ގެ ޕޯސްޓަރުތަކެއް

"ކަންބަޅި" ގެ ޕޯސްޓަރުތަކެއް

Author
ފާތިމަތު ނާވީ
13 ޖެނުއަރީ 2024 05:53
0

އައި ފިލްމްސް އިން ހަދާ ތިން ވަނަ ފިލްމު "ކަންބަޅި" ގެ މައިގަނޑު ކެރެކްޓާތައް ފިލްމުން ފެންމާނެ ގޮތް ދައްކާލައިފި އެވެ.

އަދި މި ފިލްމުގެ ކާސްޓްގެ މުހިއްމު ރޯލުތައް ކުޅޭ ތަރިންނާއި އެ މީހުންގެ ކެރެކްޓާތައް ކިޔާ ނަން ވެސް ޕޯސްޓަރުތަކުގައި ހިމަނާފައިވެ އެވެ.

 

View this post on Instagram

 

A post shared by I Films (@ifilmsmv)

"ކަންބަޅި" ޑައިރެކްޓް ކުރަން ނިންމާފައިވަނީ އިއްލެ އާއި ބަވަތި ފިލްމުގައި ލީޑް ރޯލެއް އަދާކޮށްފައިވާ އިފްނާޒް ފިރާގު ގުޅިގެންނެވެ. އައި ފިލްމްސް މިހާތަނަށް ވަނީ ކާމިޔާބު ދެ ފިލްމެއް ނެރެފަ އެވެ. އެއީ "ނީނާ" އާއި "ބަވަތި" އެވެ.

 

View this post on Instagram

 

A post shared by I Films (@ifilmsmv)

"ކަންބަޅީ" ގެ ކާސްޓަށް ބަލާ އިރު، ނުޒުހަތު ޝުއައިބް (ނުޒޫ)، ވާޝިޔާ މުހައްމަދު، އިފްނާޒް، ޝަރަފު އަބްދުﷲ، ތާތި އާދަމް، އިޝްފާން އަދި އަލީ ނަދީމު ހިމެނެ އެވެ. ފާހަގަކޮށްލެވޭ އިތުރު ތަރިންގެ ތެރޭގައި ތާތި އާދަމް، މުޙައްމަދު އަފްރާހް، މޫސާ އަލީފް، ހާޒިފް މުހައްމަދު، އަލަށް ތަޢާރަފުވާ މުހައްމަދު އިޝްފާން، އަލީ ނަދީހް (ޗަންނަ)، މުހައްމަދު ނަޖަހް އަހްމަދް ރައޫފް، ހުސައިން ސާމިހް މުހައްމަދު، ވިކީ، ފާތުމަތު ލަތީފާ، ދީނާ އަޙްމަދު (ޖެރީ) ހިމެނެއެވެ.

 

View this post on Instagram

 

A post shared by I Films (@ifilmsmv)

 

އާސިމް އަލީ އަދި އިލްޔާސް ވަހީދު ޕްރޮޑިއުސްކުރާ މި ފިލްމުގެ މިއުޒިކް ހަދަނީ ފިލްމު "ފްރީ ޑެލިވަރީ" ގެ ހިތްގައިމު މިއުޒިކް ހެދި ޝަހީދު ލިގެސީ އެވެ. ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްކުރަނީ އިއްލެގެ "ބަވަތި" އަދި "ނީނާ"ގެ ވެސް އެ މަސައްކަތްތައްކުރި އޯކޭޒް އިންކް އެވެ. ހަމަ އެހެންމެ ކެމެރާ ކުރަނީވެސް މި ބުނި ފިލްމުތައް ކެމެރާކުރި ތަޖުރިބާކާރު އަދި ޒުވާން ކެމެރާމަން ޝިވާޒް (މާސްކޭ) އެވެ.

 

View this post on Instagram

 

A post shared by I Films (@ifilmsmv)

 

މި ފިލްމް ވެގެން ދާނީ އައު އަހަރު އޮލިމްޕަހުގައި އަޅުވާ ދެވަނަ ފިލްމް އަށެވެ. އަންނަ އަހަރުގެ ފުރަތަމަ ފިލްމަކީ އަޒްހާން އިބްރާހީމް ލިޔެ، ޑައިރެކްޓްކޮށް ޖެނުއަރީ 6 ގައި ޕްރީމިއާކުރަން ތައްޔާރުވަމުން އަންނަ އަސަރު ގަދަ ލޯބީގެ ފިލްމު "މީ އިޝްގް" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.