ފާރިސް އާދަމް އާޒިމަށް ތާއީދު ކުރައްވަން ނިންމަވައިފި

ފާރިސް އާދަމް އާޒިމަށް ތާއީދު ކުރައްވަން ނިންމަވައިފި

Author
ހުސެއިން
11 ޖެނުއަރީ 2024 10:35
0

ކުރިޔަށް އޮތް މާލޭ ސިޓީ ކައުންސިލްގެ މާޔަރ އިންތިޚާބުގެ ބައި އިލެކްޝަންގައި އާދަމް އާޒިމަށް ތާއީދު ކުރައްވަން އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ނިންމަވައިފިއެވެ.

ފާރިސް މިކަން ހާމަކޮށްފައިވަނީ، މިރޭ ކުރިޔަށްދާ، އެމްޑީޕީގެ "ފެހި ތަނަވަސް މާލެ" ކެމްޕޭން ނިންމުމުގެ ޖަލްސާގައި ގެނައި ފާރިސްގެ ވީޑިއޯ މެސެޖެއްގައެވެ.

ފާރިސްގެ ވީޑިއޯ މެސެޖުގައި އޭނާ ވިދާޅުވެފައިވަނީ، މާލޭ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ކުރެވޭނީ އެކަމުގެ ގާބިލްކަންހުރި ކެނޑިޑޭޓަކަށް ކަމަށާއި، މިހާރު ކުރިމަތިލައްވާފަ ތިއްބެވި ކެނޑިޑޭޓުންގެ ތެރޭގައި އެފަދަ ކެނޑިޑޭޓެއްގެ ގޮތުގައި ހުންނެވީ އާދަމް އާޒިމް ކަމުގައެވެ.

ފާރިސް ވިދާޅުވީ މާލޭ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ކުރެވޭނީ ވަަރަށް ވިސްނުންތެރި، ތައުލީމުވެސް ހުރި އަދި ގާބިލް ބޭފުޅަކަށް މެނުވީ ހައްލުކުރެވޭނެ މައްސަލަތަކެއް ނޫންކަމުގައެވެ.

އަދި ފާރިސްވަނީ ހުރިހާ ބޭފުޅުންވެސް އާދަމް އާޒިމް ވޯޓުދެއްވުމަށް އެދިލައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.