ޓީޗަރުން ހަމަނުވެގެން ލ. ދަނބިދޫ ސްކޫލްގެ ބެލެނެވެރިން އެރަށޫ ސްކޫލު ބަންދުކޮށްފައި ވަނިކޮށް އެ ސްކޫލަށް އެޑިއުކޭޝަން މިނިސްޓްރީން ޓީޗަރުން ފޮނުވާފައި ވަނިކޮށް، އެރަށު ސްކޫލުގެ ޕްރިންސިޕަލް ބަދަލުކުރަން ބެލެނެވެރިން އިހުތިޖާޖު ކުރަން ފަށައިފިއެވެ.
މިމަހުގެ 9 ވަނަ ދުވަހު ދަނބިދޫ ސްކޫލުގެ ބެލެނެވެރިން އިހުތިޖާޖު ކޮށްފައިވަނީ، ސްކޫލުގެ ކިޔެވުން އާޓާރމްގަ ފެށިއިރު ޓީޗަރުން މަދުވުމުގެ ސަބަބުންނެވެ.
އެރަށު ކައުންސިލްގެ ފަރާތުން ވިދާޅުވީ އެރަށު ސްކޫލުގައި ޓީޗަރުން ހަމަނުވާތާ އަހަރުތަކެއް ވެއްޖެކަމަށާއި، ހުރިހާ މާއްދާތަކެއްވެސް ކިޔަވާދެމުން އައިސްފައިވަނީ އެންމެ ޓީޗަރެއް ކަމުގައެވެ.
އެހެންނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ އިކޮނޮމިކްސް އަދި ބިޒްނަސް ކިޔަވައިދޭނެ ވަގުތީ ޓީޗަރެއް އެރަށަށް ފޮނުވާފައެވެ. އަދި ދާއިމީ ޓީޗަރެއް ހޮނިހިރު ދުވަހު އެރަށަށް ދާނެކަމަށް މިނިސްޓްރީން ބުނެފައިވާކަމަށް ރަށު ކައުންސިލްއިން ބުނެފައި ވެއެވެ.
ކައުންސިލުން ބުނެފައިވަނި އެހެންނަމަވެސް މިހާރު ޓީޗަރުން އިހުތިޖާޖު ކުރަމުންދަނީ ރަށުގެ ޕްރިންސިޕަން ބަދަލުކުރުމަށް ކަމުގައެވެ.
އަދި ބެލެނެވެރިން ޑިމާންޑް ކުރަމުން ދަނީ އެރަށު ސްކޫލުގެ ޕްރިންސިޕަލް އިސްތިއުފާ ދިނުމަށް ކަމަށާއި، އޭގެ ސަބަބަކީ މިހުރިހާ ދުވަހު ޕްރިންސިޕަން ހުރެގެން ރަށުގެ ސްކޫލަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުވެފައި ނުވުން ކަމުގައިވެސް ކައުންސިލުން ވިދާޅުވެފައެވެ.
އޭގެ އެއްކަމެއްގެ ގޮތުގައި ފާއިތުވި ތިން އަހަރުވެސް ބަޖެޓު ނުލިބިގެން ސްކޫލު މަރާމާތުކުރުމުގެ އެއްވެސް މަސައްކަތެއް ކުރިޔަށް ނުދިއުން ބެލެނެވެރިން ފާހަގަ ކޮށްފައިވާކަމަށްވެސް ކައުންސިލުން ވިދާޅުވެފައި ވެއެވެ.