ޗައިނާގެ ރައީސްގެ ދެކަނބަލުން، ރައީސްގެ ދެއަނބިކަނބަލުންނަށް ރަސްމީކޮށް މަރުޙަބާ ދަންނަވައިފި

ޗައިނާގެ ރައީސްގެ ދެކަނބަލުން، ރައީސްގެ ދެއަނބިކަނބަލުންނަށް ރަސްމީކޮށް މަރުޙަބާ ދަންނަވައިފި

Author
ހުސެއިން
10 ޖެނުއަރީ 2024 03:10
0

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންއާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ޕެންގް ލިޔުއާން މިއަދު ރައީސްގެ ދެކަނބަލުންނަށް ރަސްމީކޮށް މަރުހަބާ ދަންނަވާއިފިއެވެ.

ޑރ.މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރައީސް ރައީސް ޝީ ޖިންޕިންއާއި ބައްދަލުވުކުރުމަށް ވަޑައިގެންނެވުމުން 21 ބަޑީގެ ސަލާމާއި ޗައިނާގެ އަސްކަރީ ބޭންޑުން ދެ ޤައުމުގެ ޤައުމީ ސަލާމަށް ކުޅެފައި ވެއެވެ.

ރައީސް މުޢިއްޒުގެ އަރިހުގައި ރައީސް ޝީ ޖިންޕިންގ ވަނީ ގާޑް އޮފް އޮނަރ ބައްލަވާލައްވާފައެވެ. މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒަށް ޗައިނާގެ ޢިއްޒަތްތެރިން މަރުޙަބާ ވިދާޅުވެ، ތަޢާރަފްކުރެއްވުމަށްފަހު، ރާއްޖޭގެ ޢިއްޒަތްތެރިން ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށް ތަޢާރަފްކޮށްދެއްވިއެވެ.

ޑރ.މުޢިއްޒުގެ މި ދަތުރުފުޅުގައި ރާއްޖެއާއި ޗައިނާސަރުކާރާއި ދެމެދު ބޭއްވެވި ރަސްމީ ވާހަކަފުޅުތަކާއި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.