"އީޒީމައިޓްރިޕް"ގެ ސީއީއޯ އަދި ކޯ ފައުންޑަރ ނިޝާންތު ޕިއްޓި

އިންޑިއާގެ "އީޒީމައިޓްރިޕް"އިން ރާއްޖެއަށް ފްލައިޓް ބުކިން ނުހެދޭ ގޮތަށް ރާއްޖެ ސަސްޕެންޑް ކޮށްފި

އިންޑިއާގެ "އީޒީމައިޓްރިޕް"އިން ރާއްޖެއަށް ފްލައިޓް ބުކިން ނުހެދޭ ގޮތަށް ރާއްޖެ ސަސްޕެންޑް ކޮށްފި

އިންޑިއާގެ މަޝްހޫރު ޓްރަވެލް ސައިޓެއް ކަމުގައިވާ "އީޒީމައިޓްރިޕް" އިން ރާއްޖެއަށް ދަތުރުކުރާ ފްލައިޓްތަކުން އެސައިޓް މެދިވެރިކޮށް ބުކިން ނުހެދޭ ގޮތަށް ސަސްޕެންޑް ކޮށްފިއެވެ.

އިންޑިއާގެ ޓްރަވެލް އޭޖެންސީތަކުން ރާއްޖެ ބޮއިކޮޓް ކުރަން ފަށާފައި މިވަނީ އިންޑިއާއާއި އެގައުމުގެ ވެރިންނަށް ބަދު ބަސް ބުނެ އިންޑިއާއަށް ސަރުކާރުން 3 ޑެޕިއުޓީ މިނިސްޓަރަކު ފާޑުކީ މައްސަލާގައި ރާއްޖެއާ އިންޑިއާގެ ގުޅުން ގޯސްވެފައި ވަނިކޮށެވެ. އަދި މިމައްސަލާއާއި ގުޅިގެން އިންޑިއާގެ އެއަރލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތައް ހުއްޓާލުމަށް އެ ގައުމުގެ ވިޔަފާރިވެރިންގެ ޖަމިއްޔާއެއް ކަމަށްވާ އިންޑިއަން ޗެމްބާ އޮފް ކޮމާސްއިން އިއްޔެ ވަނީ ގޮވާލާފައި ވަނިކޮށެވެ.

"އީޒީމައިޓްރިޕް" އާއި ހަވާލާދީ ސީއެންއެންސިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެ ސައިޓުން މިހަރުވަނީ ރާއްޖެއަށް ދިއުމަށް ފަލައިޓް ބުކިން ހެދުން އެކީއެކަށް ސަސްޕެންޑް ކޮށްފައެވެ.

އިންޑިއާއެކީ ތިބިކަން ސާބިތުކޮށްދިނުމަށް، @EaseMyTrip އިން މިހާރުވަނީ ރައްޖޭއަށް ދިއުމަށް ފްލައިޓް ބުކިން ހެދުން އެކީއެކަށް ސަސްޕެންޑް ކޮށްފަ.

"އީޒީމައިޓްރިޕް"ގެ ސީއީއޯ އަދި ކޯ ފައުންޑަރ ނިޝާންތު ޕިއްޓި އޭނާގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

އިންޑިއާގެ ބޮޑުވަޒީރު އެގައުމުގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް އެކްސްގައިކުރި ޕޯސްޓަކަށްފަހު، އިންޑިއާގެ ސޯޝަލް މީޑިއާގައި ރާއްޖެއާއި ދެކޮޅަށް ވަރުގަދަ އެންޓި ކެމްޕޭނެއް ފެށުމާއި ގުޅިގެން، ރާއްޖޭގެ ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި ސަރުކާރުގެ އިސް ބައެއް ފަރާތްތަކުން، ރާއްޖެއާއި ދެކޮޅަށް ހިންގަމުންދާ އެންޓި ކެމްޕޭނަށް ރައްދު ދޭން ފެށުމާއި ގުޅިގެން މައްސަލަ ހޫނުވެފައި ވަނިކޮށް، އިންޑިއާއަށް ފާޑުކީ 3 ޑެޕިއުޓީ މިނިސްޓަރަކު ސަރުކާރުންވަނީ ސަސްޕެންޑްވެސް ކޮށްފައެވެ.

އެހެންނަމަވެސް އެމައްސަލާއި ގުޅޭގޮތުން އިންޑިއަން ޗެމްބާ އޮފް ކޮމާސް (އައިސީސީ) ގެ އޭވިއޭޝަން އެންޑް ޓޫރިޒަމް ކޮމިޓީ ޗެއާމަން ޑރ. ސުބާޝް ގޮޔާލް ސޮއިކުރައްވައި އިއްޔެ ނެރުއްވި ބަޔާނެއްގައި އޭނާ ވަނީ އިންޑިއާގެ އެއާލައިންތަކާއި ޓުއަރ އެޖެންޓުން އަދި އޮޕަރޭޓަރުންވެސް ރާއްޖެ ޕްރޮމޯޓު ކުރުން ހުއްޓާލަން ގޮވާލައިފައެވެ.

އައިސީސީން ނެރުނު ބަޔާނުގައި ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާލަާފައިވަނީ އިންޑިއަން އެސޯސިއޭޝަން އޮފް ޓުއާ އޮޕަރޭޓާސްއަށާއި، ޓްރެވަލް އޭޖެންޓްސް އެސޯސިއޭޝަން އޮފް އިންޑިއާށާއި، ޓްރެވަލް އޭޖެންޓްސް ފެޑެރޭޝަން އޮފް އިންޑިއަށާއި، އެޑްވެންޗާ ޓުއާ އޮޕަރޭޓާސް އެސޯސިއޭޝަން އޮފް އިންޑިއަށާއި، އެސޯސިއޭޝަން އޮފް ޑޮމެސްޓިކް ޓުއާ އޮޕަރޭޓާސްގެ އިތުރުން، މައިސް އޭޖެންޓްސްއަށެވެ.

އަސީސީން ގޮވާލާފައިވަނީ ރާއްޖެއަށް ކުރާ ދަތުރުތައް ހުއްޓާލާ އެގައުމުގެ ލަކްޝަދީޕަށް ކުރާ ދަތުރުތައް އިތުރުކުރަންޖެހޭ ކަމަށެވެ. އަދި ގޮވާލާފައިވަނީ ރާއްޖެ ޕްރޮމޯޓު ކުރަން ކުރާ މަސައްކަތްތައް ލަކްޝަދީޕާއި އަންޑަމަން އެންޑް ނިކޮބާ އައިލެންޑްސް ޕްރޮމޯޓު ކުރުމަށް މިސްރާބު ބަދަލުކުރުމަށާއި، އެއީ ރާއްޖެއަށްވުރެ މާރަގަޅު މަންޒިލްތަކެއް ކަމުގައެވެ.

އިންޑިއާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއްގައުމަށްވާއިރު، އިންޑިގޯ އާއި އެއާ އިންޑިއާގެ ދަތުރުތައް ކޮންމެ ދުވަހަކުވެސް ރާއްޖެ އަށް ދަތުރުތައް ކުރެއެވެ.

ފާއިތުވެދިޔަ ހަފްތާގައި ޓޫއަރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2023 ވަނަ އަހަރު ރާއްޖެއަށް އިންޑިއާގެ 209,000 ފަތުރުވެރިން ޒިޔާރަތް ކުރިއެވެ. މިއީ ރާއްޖޭގެ މާރކެޓްގެ %11 އެވެ. ރަޝިއާއިންވެސް 2023 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ މިއަދަދާއި އެއްވަރުގެ އަދަދެއް ނަމަވެސް އެގައުމުވެސް އޮތީ އިންޑިއާއަށްވުރެ ފަހަތުގައެވެ. ޗައިނާއިން 2023 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 187,118 ފަތުރުވެރިންނެވެ. އެއީ ރާއްޖޭގެ މާރކެޓްގެ %10 އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *