ރައީސް ސާލިހުގެ ވެރިކަމުގައި ފެނަކަ އޭރު ސިފަ ކުރެވިގެން ދިޔައީ ކޮރަޕްޝަންގެ ހާއްޔެއްގެ ގޮތުގައެވެ. އަދި އެތަނުގައި ހިންގި ކޮރަޕްޝަންގެ ކަންކަމަކީ އޭރު އެންމެ ދަންނަ ބޮޑު ސިއްރެއްގެ ގޮތުގައި އޮތް ކަމެއްވެސްމެއެެވެ.
އެގޮތުން ފެނަކައިގައި ހިނގަމުންދިޔަ ކޮރަޕްޝަންގެ ބޮޑެތި ގިނަ އަމަލުތައް އޭސީސީއަށްވެސް ހުށަހެޅުނެވެ. އޭގެ ތެރޭގައި ހިމެނޭ ގިނަ ކަންކަމަކީ ސީދާ ގޮތުން، އޭރު އެ ކުންފުނީގެ އެމްޑީގެ މަގާމުގައި ހުންނެވި އަހުމަދު ސައީދުގެ މައްޗަށް ކުރެވުނު ތުހުމަތުތަކަށް ވާއިރު، މި މައްސަލަތަކުގެ ސާބިތު ކުރެވޭވަރުގެ ހެއްކާއި ގަރީނާތަކާއެކު އޭސީސީއަށް ހުށަހެޅުނު ނަމަވެސް، އޭގެ ތެރެއިން ގިނަ މައްސަލަތައް އަދިވެސް ހުރީ އޭސީސީގައެވެ.
ހަމައެއާއެކު އޭގެ ތެރޭގައި ނުހިމެނޭ ބައެއް މައްސަލަތައް މިހާރުވަނީ ތިލަވެސް ވާން ފަށާފައެވެ. އަދި އެ މައްސަލަތަކުގެ ފަހަތުގައި ތިބި ފަރާތްތަކާއި، އެކަންކަން ހިގައިދިޔަ ގޮތްތައްވެސް މިހާރު މީޑިއާތަކަށްވަނީ ތިލަވާން ފަށާފައެވެ. އޭގެ ތެރެއިން ބައެއް ވާހަކަތައް މިކަންކަމުގައި އަމަލީގޮތުން ހަރަކާތްތެރިވި ބައެއް ފަރާތްތަކުންވަނީ "ޚަބަރު އޮންލައިން"އާ ޙިއްސާ ކޮށްފައެވެ.
ރިޔާސީ އިންތިޚާބުގެ ތެރޭގައި ހިނގި ކޮރަޕްޝަންގެ ބައެއް އަމަލުތައް
ރިޔާސީ އިންތިޚާބަށް ކުރެވުނު ކެމްޕޭންގައި ސައީދު ނިސްބަތްވާ ގދ. ވާދޫގައި ހިންގި ކެމްޕޭންގައި މުޅިންހެ ކަހަލަ ގޮތަކަށް ބޭނުން ކޮށްފައިވަނީ އެރަށުގެ ފެނަކަ ޕްރޮޖެކްޓް ސައިޓުގެ ހޮޅި ދަނޑިތަކެވެ. އަދި އެ ހޮޅިދަނޑި ތަކުގެ ތެރެއިން ގިނަ ހޮޅިދަނޑިތައް އޭގެ ފަހުން ވާދޫ ފެނަކަ ޕްރޮޖެކްޓް ސައިޓަށް އަބުރާ ރައްދު ކޮށްދީފައި ނުވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
އެގޮތުން ފެނަކަ ހެޑް އޮފީހުގެ ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޓެކްނިކަލް ޑައިރެކްޓަކަށް ހުރި މުހައްމަދު އިބުރާހިމް (ޑީޑީ)ގެ ގޭގައި މިހާރު ހަދާފައިވާ މިރުސް ކޮށިތައް ހަދާފައިވަނީ ފާއިތުވި ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ކެމްޕޭންގައި ބޭނުންކުރި ފެނަކައިގެ ހޮޅި ދަނޑިތައް ބޭނުން ކޮށްގެން ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

މި މަސައްކަތް ކޮށްފައިވަނީ ފެނަކައި ކުރީގެ އެމްޑީ ސައީދުގެ އެމްޑީކަމުގައި ވާދޫ ފެނަކައިގަ މަސައްކަތް ކުރި މުވައްޒަފެއްކަމަށްވާ އިބުރާހިމް ލުގުމާންގެ އެހީތެރިކަމުގައިކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.
ފެނަކައިން ވާދޫގައި ބޭނުންކުރުމަށް، ފެނަކައިގެ ޕްރޮޖެކްޓަށް ގަނެފައި ހުރި ސައިކަލް މިހާރުވެސް ދުއްވަމުން ދަނީ އިބުރާހިމް ލުގުމާންކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. ލުގުމާންއަށް ފެނަކައިގެ ސައިކަލް ދީފައިވަނީ މުހައްމަދު އިބުރާހިމް ކަމަށްވެސް މައުލޫމާތު ދިން ފަރާތުން ކިޔައިދީފައި ވެއެވެ. އޭނާއަކީ މިހާރު ފެނަކަ ވަޒީފާގައި އުޅޭ ފަރާތެއް ނޫނެވެ.

ކޭޓްރިންގެ ބައެއް ޚިދުމަތްތައް
ގދ. ވާދޫގެ އާ އިންޖީނުގޭ ޕްރޮޖެކްޓްއާއި ފަރެސްމާތޮޑާގެ އާ އިންޖީނުގެގޭ ޕްރޮޖެކްޓުގައި މަސައްކަތް ކުރި މުވައްޒަފުންގެ ކެއިން ބުއިމަށް ކޭޓްރިން ފޯރުކޮށްދިނުމަށް އޭރު ހަވާލުކުރީ ސައީދުގެ ގާތް ފަރާތެއް ކަމުގައިވާ ވާދޫ ހުސެއިން ރުޝްދީގެ "ކަމް ވިތުމީ" ކުންފުންޏާއެވެ.
ރުޝްދީގެ ނަމުގައި މި ކޭޓްރިން ޕްރޮޖެކް ނަގާފައިވިނަމަވެސް, މިމަސައްކަތް އަމަލީގޮތުން ކޮށްފައިވަނީ ސައީދުގެ އަނބިކަބަލުން ޝާހިދާގެ އެއްބަޑު އެއްބަފާ ބޭބެ ހުސެއިން އަބުދުاللهއާއި މުހައްމަދު އިބުރާހިމް (ޑީޑީ) އާއި ދެމީހުންނެވެ. މި މަސައްކަތްވެސް ސައީދުވެސް ހިމެނޭގޮތުން ކޭޓްރިން ޚިދުމަތް ފޯރުކޮށްދިނުމުގައި އަމަލީގޮތުން މަސައްކަތް ކޮށްދީފައިވަނީ ޑީޑީ މެދުވެރިވެގެންނެވެ.
އޭ އިތުރުންވެސް ލ. ކަލައިދޫގައި އަޅަންފެށި ސެންޓްރަލް ޕަވަރ ސްޓޭޝަންގެ މަސައްކުރި ފަރާތްތަކުގެ ކޭޓްރިންގެ ޚިދުމަތްވެސް ފޯރިކޮށްދީގައިވަނީ ޑީޑީއާއި ސައީދު ފަހަތުގައި ތިބެގެން, ކަލައިދޫގަ ހުންނަ އެމްޑީޕީގެ ސީނިއަރ އެކްޓިވިސްޓެއްގެ ތިމާގެ މީހެއްގެ ނަމުގައި ހަދާފައިވާ "ޕްރީޝިއާ" ކުންފުންޏާއި ހަވާލު ކޮށްގެންނެވެ.
އަތޮޅު ތެރޭގައި ފެނަކައިގެ ސަޕްލައި ކުރުމަށް ބޭނުންކުރި ދޯނި
ގދ. އަތޮޅު ތެރޭގައި، ސައީދުގެ އެމްޑީ ކަމުގައި ފެނަކައިގެ ޕްރޮޖެކްޓްސްތަކާއި ގުޅުންހުރި ހުރިހާ ދަތުރުތަކެއް ކަހަލަ ގޮތަކަށް ކޮށްފައިވަނީ ތިނަދޫއަށް ނިސްބަތްވާ، ސައީދުއާއި ޑީޑީގެ ގާތް ފަރާތެއްގެ ދޯނި ބޭނުން ކޮށްގެންނެވެ. މިދޯންޏަށް ފެނަކައިގެ ދަތުރުތައް ދީ އެތައް ލައްކަ ރުފިޔާއެއް ދޯނީގެ ވެރިފަރާތަށް ފެނަކައިން ދައްކާފައި ވެއެވެ.

މީގެ އިތުރުންވެސް ފާއިތުވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ފަހުން, ދެވަނަ ބުރުގެ ވޯޓުގެ ކުރިން މި ދޯނިން 200 ބަސްތާ ސިމެންޓު ފިޔޯރީގެ އާ އިންޖީނުގޭގެ ޕްރޮޖެކްޓުގެ ނަމުގައި ގެންދިއުމަށްފަހު އެހެން ނަމަވެސް ދޯނިން އެރަށް ބާލާފައިވަނީ އެންމެ 50 ވަރަކަށް ބަސްތާ ސިމެންތިކަމަށް މައުލޫމާތު ދިން ފަރާތުން ކިޔައިދީފައި ވެއެވެ.
ބާކީ ހުރި 150 ބަސްތާ ސިމެންޓު ގެންގޮސްފައިވަނީ ފެނަކައިގެ އޭރުގެ ވެރިންގެ ގާތް، ދޯނީގެ ވެރިފަރާތުންނެވެ. ހަމަ އެއާއެކު މި ދޯނީގެ ވެރިފަރާތަކީ, އޭނާގެ "އޮޑީގަލާ އިންވެސްޓްމަންޓް" ނަމުގައި ހިންގާ ކުންފުނިން އެޅިގާ އަޅާ އޭރު ފެނަކައަށް އެޅިގާ ފޯރުކޮށްދެމުންދިޔަ ފަރާތެއްކަން ފާހަގަ ކޮށްލެވެއެވެ.
ފެނަކައާއި ގުޅުންހުރި އެތައް މައްސަލައެއް އޭސީގައި ނުނިމި
ފެނަކާއާ ގުޅޭ 75 މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ފެނަކައާ ގުޅޭ 75 މައްސަލައެއް ތަޙުޤީޤުކުރަމުންގެންދާކަމަށާއި، އޭގެތެރެއިން 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން އެންގިކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފައި ވެއެވެ.
އޭގެ އިތުރުން، ފެނަކަ ކޯޕަރޭޝަންގެ އޭރުގެ އެމްޑީ އަހުމަދު ސައީދުގެ މައްޗަށް ކޮށްފައިވާ 27 ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅުންހުރި މައްސަލަތަކުގެ ތެރެއިން 18 މައްސަލައެއް ތަހުގީގު ކުރަމުން ދާކަމުގައިވެސް އޭސީސީން ބުނެފައި ވެއެވެ.
ފެނަކައިގެ ދަރަނި މިދިޔަ އަހަރު ނިމުނު އިރު 4.1 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށާއި އޭގެ ތެރެއިން 900 މިލިއަނަށް ވުރެ ގިނަ ރުފިޔާއަކީ ދައްކަން ޖެހޭ ލޯންތައް ކަމުގައި އިންތިހާބީ ރައީސްގެ އޮފީހުން މީގެކުރިން ވަނީ ހާމަކޮށްފައެވެ.
One Response
ފެނަކައިގެ ޕްރޮޖެކްޓްސް ސައިޓްތަކުގައި މުވައްޒަފުން ހިންގާފައިވާ ގިނަ ޖަރީމާތަކުގެ އަޑީގައި ހުރީ ތިޔަ ބުނާ ވާދޫ ޑީޑީ . ކުރީގެ އެމް.ޑީ ސައީދުގެ ގެ ރަށް ގދ.ވާދޫ ސައީދުގެ ވަރަށް ގާތްމީހެއްތީ އަދި ސައިޓް ތަކުގެ ކުދިންނަށް ބިރުދައްކާ ، މީނާގގެ މަގާމު ނުފޫޒު ބޭނުންކޮށްގެން އެކުދިންލައްވާ ވިޔާނުދާ ކަންވަރަށް މަޖުބޫރުންވެސް ކުރުވާ ވަރަށް ހަޔާތް ކުޑަކޮށް ވައްކަންކޮށް ، ކަޓު ނަގައި އުޅުނު މީހެއްތީ . މި ކަމަށް ހެކިވާނެ ފެނަކައިގެ ގިނަ މުވައްޒަފުން. މިހާރުގެ ފެނަކައިގެ އެމް.ޑީ މުޢާޒުގެ ބޭބެ ގދ.މަޑަވެލި ދާއިރާގެ ރައްޔިތުންގެ މަޖިލީހަށް ވާދަކުރާ ޝަމީޒު ގެ ވަރަށް ގާތްމީހެެކޯ ތިޔަ ޑީޑީ އަކީ، ދެން އެހެންވީމާ މުއާޒުއަށްވެސް ކުރެވޭނެ ކަމެތް ނެތިފަ. އަދުލު އިންސާފު އެއްކިބާކޮށްފަ އިންސާނުން ދިރިއުޅޭ ގައުމެއްތަ؟