ދެވަނަ ދަރިއަށް ބޮޑުވެފައިވާ ބަނޑު ކަރީނާ ފުރަތަމަ ފަހަރަށް ދައްކާލައިފި

ދެވަނަ ދަރިއަށް ބޮޑުވެފައިވާ ބަނޑު ކަރީނާ ފުރަތަމަ ފަހަރަށް ދައްކާލައިފި

މަޝްހޫރު އެކްޓަރ ކަރީނާ ކަޕޫރް ޚާން އިނީ އޭނާގެ ދެވަނަ ދަރިފުޅަށް ބަލިވެއެވެ. ކަރީނާ އިއްޔެ ވަނީ އޭނާގެ ދެވަނަ ދަރިފުޅަށް ބޮޑުވެފައިވާ ބަޑު ފުރަތަމަ ފަހަރަށް އިންސްޓަގްރާމުގައި އާންމުންނަށް ދައްކާލާފައެވެ. ފިޔާތޮށި ކުލައިގެ ސްޕޯޓްސް ހެދުމެއްލައިގެން އޭނާގެ ބަނޑުފެންނަ ގޮތަށް ހުއްޓިލައިގެން ހުރި ފޮޓޯއަށް ގިނަބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

މި ފޮޓޯގައި " ދެމީހުން ޕޫމާއިންޑިއާގެ ސެޓްސްގައި" މި ހެން ލިޔެފައިވެއެވެ. މި ފޮޓޯއަށް ރައްޓެހިންނާއި އެތައް ފޭނުންނެއް ލައިކު ކޮށްފައިވާއިރު އެކްޓަރ އަމްރިތާ ރާއޯ ވެސް "ވަރަށް ރީތި" މިހެން ލިޔެ ކޮމެންޓުކޮށްފައިވެއެވެ. އަދި އޭގެ އިތުރުން ކަރީނާގެ ރަހުމަތްތެރިޔާ އަދި ޑިޒައިނާ މަނީޝް މަލްހޯތްރާ އާއި ކޮއްކޮ ރިދިމާ ކަޕޫރްވެސް ފިޔާތޮށި ކުލައިގެ ހާޓް އެމޯޖީ އިން ކޮމެންޓުކޮށްފައި ވެއެވެ.

އަންނަ މަރޗް މަހު 2 ވަނަ ދަރިފުޅުަށް މަރުހަބާކިޔަން ތައްޔާރުވާ، ކަރީނާ މީގެ ދުވަސްކޮޅެއް ކުރިން ހުރީ އޭނާގެ ފިރިމީހާ ސައިފް އަލީ ޚާނާއި ދަރިފުޅު ތައިމޫރާއެކު ޕާލަމްޕޫރުގައި ސައިފްގެ ދެންއަންނަން އޮތް ފިލްމު "ބޫތް ޕޮލިސް" ގެ ޝޫޓިންއަށް ގޮސްފައެވެ. އަދި އެނބުރި މުމްބާއީއަށް މިދިޔަ ހަފްތާގައި އައީ ފަރުބަދަތައް ބަލާލާ މަޖާކޮށްފައެވެ.

ކަރީނާ ވަނީ "ވަޓް އަ ވުމަން ވޯންޓް" މި ޝޯވް ގައި، އޭނާގެ ދެވަނަ ދަރިފުޅަށް އަދި ކިޔާނެ ނަމެއް ފައިނަލްކޮށްފައި ނެތް ކަމަށް ބުނެފައެވެ. އަދި ކަރީނާ ބުނީ އެދެމަފިރިން ނިންމީ ކިޔާނެ ނަމަކާއި މެދުގައި ފަހުވަގުތު ވިސްނަން ކަމަށާއި ސަޕްރައިސްއަކަށް ހަދާލަންވެގެން ތިބީ ކަމަށެވެ.

ކަރީނާ އެންމެ ފަހުން ފެނިގެންގޮސްފައިވަނީ "އަނގްރޭޒީ މީޑިއަމް" އަދި މިދިޔަ އަހަރު ފަހުކޮޅު "ގުޑް ނިއުޒް" އިންނެވެ. ކަރީނާ ކަޕޫރްގެ ދެން ކުރިއަށް އޮތީ އާމިރް ޚާނާއެކު ފެންނާނެ ފިލްމު "ލާލް ސިންގް ޗައްޑާ" އެވެ. މި ފިލްމުގައި ކަރީނާ ކުޅެން އޮތް ރޯޅުގެ ބައިތަށް އޭނާވަނީ މީގެ ދެމަސްދުވަސް ކުރިން ނިންމާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *