އިންޑިއާ ސިފައިން ފޮނުވާލުމާއި ގުޅޭގޮތުން މިހާތަނަށް 10 ބައްދަލުވުމެއް ބައްވައިފި: ނާޒިމް

އިންޑިއާ ސިފައިން ފޮނުވާލުމާއި ގުޅޭގޮތުން މިހާތަނަށް 10 ބައްދަލުވުމެއް ބައްވައިފި: ނާޒިމް

Author
ހުސެއިން
07 ޖެނުއަރީ 2024 11:04
0

އިންޑިއާ ސިފައި ރާއްޖެއިން ފޮނުވާލުމާއި ގުޅޭގޮތުން މިހާތަނަށް 10 ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި، އެކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް މިމަހުގެ 2 ވަނަ ދުވަހު ވެސް އިންޑިއާގެ ސަފީރާއި ފޮރިން މިނިސްތްރީގެ ހައިލެވެލް ބޭފުޅުން ބައްދަލު ކުރައްވާފައިވާ ކަމަށް ޕްރިންސިޕަލް ސެކެޓްރީ ޓު ދަ ޕްރެސިޑެންޓް އޮން ޕަބްލިކް ޕޮލިސީ ނާޒިމް އިބްރާހިމް ވިދާޅުވިއެވެ.

އަދި އޭގެ އިތުރުން އިތުރު ބައްދަލުވުމެއް މިމަހަށް ތާވަލްކޮށްފައިވާކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

މިއަދުގެ ކެބިނެޓް ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ނާޒިމް ވިދާޅުވީ ރާއްޖޭގައިތިބި އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތް ވަރަށް ބާރަށް ރައީސް މުއިއްޒުގެ ސަރުކާރުން ކުރިޔަށް ގެންދާކަމުގައެވެ.

މިކަމުގެ މުހިންމު ކަމަކީ މިކަމުގަ އަޅުގަނޑުމެން ސާބިތުވެ ދެމިތިބުން. ދިވެހިންގެ ނިޔަތަކީ މިއީ ކަމާއި ދިވެހިން އެދޭ ގޮތަކީ މިއީ އެދޭ ގޮތަކީ މިއީ ކަމާއި ދިވެހިން ބޭނުންވާ ގޮތަކީ މިއީކަން ސަރުކާރަށް އެނގިގެން ސަރުކާރުގެ ސިޔާސަތަަކުގެ ތެރޭގައި މިކަން ކަނޑައެޅި މިކަން ކޮޅެއްގައި ޖެހެންދެން މެނުވީ މިކަން ހުއްޓާ ނުލާ ކުރިއަށް ގެންދިއުން. މިއީ ހަމަ ގައުމީ ޖިހާދެއް.

މިއަދުގެ ކެބިނެޓް ބައްދަލުވުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މިމަސައްކަތަކީ ޑިޕްލޮމެޓިކް އުސޫލުން ކުރިޔަށްގެންދާންޖެހޭ މަސައްކަތަކެއް ކަމަށާއި، އެމަސައްކަތް މިސަރުކާރުން ކުރިޔަށް ގެންދަނީ ގާނޫނީ އިމުގެތެެރެއިން ދުނިޔެ ގަބޫލުކުރާ ހަމަތަކާއި އުސޫލުތަކާވެސް އެއްގޮތްވާ ގޮތުގެ މަތިން ކަމުގައެވެ.

އަދި އެއީ ގަދަބާރުން ހިފާ ނަގައި ތަނަކަށް ގެންގޮސް ލާ އުސޫލުން ކުރެވޭނެ ކަމެއް ނޫންކަމަށް ނުސްވެރިންނާއި ދިވެހި ރައްޔިތުންވެސް ގަބޫލު ކުރައްވާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.