މެމްބަރު ހަސަންޓޭވެސް ޕީއެންސީއާ ގުޅިއްޖެ

މެމްބަރު ހަސަންޓޭވެސް ޕީއެންސީއާ ގުޅިއްޖެ

Author
ހުސެއިން
07 ޖެނުއަރީ 2024 11:13
0

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން މުހައްމަދު (ހަސަންޓެ) ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގެންފިއެވެ.

ޕީއެންސީއާ ގުޅިވަޑައިގަތަން ހާމަކުރައްވާ، އެކްސްގައި ރައީސް ޑރ މުހައްމަދު މުއިއްޒުއާ އެކު ނަންގަވާފައިވާ ފޮޓޯއެއް ހިއްސާކުރައްވާ ހަސަންޓެ ވިދާޅުވީ ރައީސް އާއެކު ކުރިއަށް ގެންދަން ނިންމަވާފައިވާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ ދއިހުލާސްތެރިކަމާއި އެކު ޕީއެންސީއާއެކު ހުންނަވާނެ ކަމަށްވެ.

ހަސަންޓެ ޕީއެންސީއާ ގުޅިވަޑައިގެންފައިވާއިރު އެމްޑީޕީގެ 13 މެމްބަރަކު ވަނީ ދާދި ފަހުން ޕީއެންސީއަށް ސޮއިކުރައްވާފައެވެ.

މިހާތަނަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގައި ޖުމްލަ 56 މެންބަރުން ތިއްބެވި ނަމަވެސް ހަސަންޓެ ހިމެނޭހެން ޕީއެންސީއަށް ސޮއި ކުރެއްވި މެމްބަރުންގެ އަދަދު 14 އަށް އެރީއެވެ. މި 14 މެމްބަރުން އެމްޑީޕީން ޕާޓީން ވަކިވެވަޑައިގަތުމާއެކު، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރުންގެ އަދަދުވަނީ 42 މެންބަރުންނަށް ތިރިވެފައެވެ.
އެމްޑީޕީން ވަކިވެވަޑައިގެންނެވި ސީދާ ސަބަބެއް ހަސަންޓެ ހާމަ ކުރައްވާފައެއް ނުވެއެވެ.

މެންބަރުން އެމްޑީޕީން ވަކިވެވަޑައިގަތުމާއެކު، އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ވޯޓުން އެކަނި ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރެވޭ ގޮތަށް މަޖިލީހުގެ ޤަވާއިދަށް ގެނައި އިސްލާހުގެ ބޭނުންކޮށްގެން އެމްޑީޕީން ބޭނުންވާ ގޮތަށް ރައީސް ވަކިކުރުމުގެ މަގު މިހާރުވަނީ ބަންދުވެފައެވެ.

އެހެންނަމަވެސް އަދިވެސް ރައްޔިތުންގެ މަޖިލީހުގައި އޮތީ އެމްޑީޕީގެ މެޖޯރިޓީކަން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.