ރާއްޖެއިން ކޯވިޑް-19އަށް އިތުރު 11 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެ 18:00 އިން ފެށިގެން މިއަދު 18:00 އާ ހަމައަށް ޕޮޒިޓީވްވި 11 މީހުންގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 7 މީހުންނާއި، އަތޮޅުުތަކުގެ ރަށްތަކުން ޕޮޒިޓިވްވި 4 މީހަކެވެ. މިއީ މި ފަހުން ރާއްޖެއިން މިހާ މަދުން މީހުން ޕޮޒިޓިވްވި ދުވަހެއެވެ. މިމަހުގައި ރާއްޖޭގެ އަދަދުތައް އާންމު ގޮތެއްގައި އުޅެނީ 20 އަށް ވުރެ ދަށުގައެވެ.
މިއަދު ޕޮޒިޓިވްވި 11 މީހުންނާއިއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 13،379 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން މިބަލިން ރަނގަޅުވެފައިވަނީ 29 މީހުންނެވެ. މިއާއެކު ރާއްޖެއިން މިބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 12،731 އަށް އިތުރުވެފައެވެ. އަދި މިހާރު ބައްޔަށް ފަރުވާ ދެމުން އަންނަނީ 593 މީހަކަށެވެ. އޭގެތެރެއިން 62 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1،854 ސާމްޕަލެއް ނަގާފައިވެއެވެ. މިއާއެކު ރާއްޖޭގައި މިހާތަނަށް ކޯވިޑަށް ޓެސްޓްކުރުމަށްޓަކައި ނަގާފައިވާ ސާމްޕަލްތަކުގެ ޖުމްލަ ޢަދަދު ވަނީ 271،346 އަށް އަރާފައެވެ.
ރާއްޖެއިން މިބަލިން މިހާތަނަށް ނިޔާވެފައިވަނީ 48 މީހެކެވެ.
ކޮމެންޓު ފޮނުވާ