ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ކައިރިންވެސް ދަތުުރުކުރި އުޅަނދަކަށް ހަމަލާއެއް ދިންކަމުގެ ރިޕޯޓެއް ލިބިފައެއް ނެތް: އެމްއެންޑީއެފް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ކައިރިންވެސް ދަތުުރުކުރި އުޅަނދަކަށް ހަމަލާއެއް ދިންކަމުގެ ރިޕޯޓެއް ލިބިފައެއް ނެތް: އެމްއެންޑީއެފް

Author
ހުސެއިން
07 ޖެނުއަރީ 2024 12:44
0
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ނުވަތަ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހަައްދާއި ކައިރިން ދަތުުރުކުރި އެއްވެސް އުޅަނދަކަށް ޑްރޯން ބޭނުންކޮށްގެން ހަމަލާއެއް ދީފައިވާކަމުގެ އެއްވެސް ރިޕޯޓެއް މިހާތަނަށް ލިބިފައި ނުވާކަމުގައި އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްއިން މިއަދުކުރި އެކްސް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިކަމާ ގުޅޭ ގޮތުން އިތުރަށް ބެލިބެލުމުން، ފެތުރެމުންދާ ބަައެއް މަޢުލޫމާތާއި ފޮޓޯއަކީ މިީގެ ކުރިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން، ހިނގާފައިވާ ހާދިސާތަކާބެހޭ މަޢުލޫމާތާއި ފޮޓޯކަމަށް ފާހަގަ ކުރެވިފައިވާކަމުގައެވެ.

އެމްއެންޑީއެފްއިން އިތުރަށް ބުނެފައިވަނީ، މިފަދަ ހާދިސާއެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ނުވަތަ ރާއްޖެއާ ކައިރިން ހިނގިކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތްކަމަށާއި، އަދި މިފަދަ މަޢުލޫމާތެއް، ސަރަހައްދީ އިދާރާތަކަށްވެސް ލިބިފައިވާކަމުގެ އެއްވެސް މަޢުލޫމާތެއް މިހާތަނަށް ލިބިފައިނުވާކަން ފާހަގަކުރާ ކަމުގައެވެ.

އެހެންކަމުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ނުވަތަ ރާއްޖޭގެ ކަނޑުގެ ސަރަހައްދާ ކައިރި ހިސާބެއްގައި، އެފަދަ ޙާދިސާއެއް ހިނގިކަމަށް ފަތުރަމުންދާ ޚަބަރަކީ ޞައްޙަ މައުލޫމާތެއް ނޫންކަމަށް ބެލެވޭ ވާހަކަ ދަންނަވަން.
އެމްއެންޑީއެފްއިން ކުރި އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.