ދަނގަޑު ބޮޔެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ

ދަނގަޑު ބޮޔެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ

Author
ހުސެއިން
06 ޖެނުއަރީ 2024 09:27
0
ކ.ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގެ ހުޅަނގު އުތުރުން 8 ނޯޓިކަލް މޭލުން ރަތްކުލައިގެ ދަނގަޑު ބޮޔެއް އިރުދެކުނަށް އޮޔާދާތީ، ސަމާލުވާން އެމްއެންޑީއެފްއިން އިލްތިމާސް ކޮށްފިއެވެ.

އެމްއެންޑީއެފްއިން ކުރި އެކްސް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށާއި އަދި ޚާއްޞަކޮށް ރޭގަނޑު މިކަމަށް އިތުރު ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކުރާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.