ތަރައްގީއަކީ ވަކި ބޭފުޅެއްގެ ވެރިކަމުގެ މައްޗަށް ހުއްޓިފައިވާ ކަމެއްނޫން

ތަރައްގީއަކީ ވަކި ބޭފުޅެއްގެ ވެރިކަމުގެ މައްޗަށް ހުއްޓިފައިވާ ކަމެއްނޫން

Author
ހުސެއިން
06 ޖެނުއަރީ 2024 04:25
0

ގައުމެއްގެ ތަރައްގީއަކީ ވަކި ބޭފުޅެއްގެ ވެރިކަމުގެ މައްޗަށް ހުއްޓިފައިވާ ކަމެއްނޫންކަމަށް ރައީސް މުއިއްޒުގެ ޚާއްސަ މުޝީރު އަބުދުއްރަހީމް ވިދާޅުވެއްޖެއެވެ.

އަބުދުއްރަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތަރައްގީއަކީ ވަކި ބޭފުޅަކާއި ގުޅުން ހުރި ކަމެއް ނޫންކަން ރައީސް މުއިއްޒު ސާބިތުކޮށްދެމުންދާ ކަމަށާއި، ގައުމަށް ބޭނުންވަނީ ތެދުވެރި އިޚްލާސްތެރި ވެރިއެއް ކަމުގައެވެ.

ގައުމެއްގެ ތަރައްގީއަކީ ވަކި ބޭފުޅެއްގެ ވެރިކަމުގެ މައްޗަށް ހުއްޓިފައިވާ ކަމެއްނޫންކަން މިދަނީ ފެންނަމުން.ގައުމަކަށް ބޭނުންވަނީ ތެދުވެރިކަމާ އިޚްލާޞްތެރިކަމާއެކު ގައުމާ ރައްޔިތުންގެ މަސްލަޙަތު އިސްކުރައްވައިގެން ވެރިކަން ކޮށްދެއްވާނެ ވެރިއެއް.ރައީސް ޑރ.މުޢިއްޒުގެ ފަރާތުން ފެންނަމުންދަނީ މި ދެންނެވި ސިފަތައް.

އަބުދުއްރަހީމްގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

ތަރައްގީއަކީ ވަކި ބޭފުޅަކާ ގުޅުންހުރި ކަމެއް ނޫންކަމަށް އަބުދުއްރަހީމް ވިދާޅުވެފައިވާއިރު ރައީސް މުއިއްޒު ގެންދަވަނީ ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު ތަރައްގީގެ ބޮޑެތި ބައެއް މަޝްރޫއު ކުރިޔަށް ގެންދަވަނުމުންނެވެ. އޭގެ ތެރޭގައި ފުށި ދިއްގަރުގެ ބިން ހިއްކުމުގެ ބޮޑު މަޝްރޫޢު ހިމެނެއެވެ.

ރައީސް މުއިއްޒު ވިދާޅުވެފައިވަނީ މިހިގާ 5 އަހަރުގެ ދައުރު ނިމޭއިރު، ބޯހިޔާވަހިކަމުގެ ހައްލު ނުލިބޭ މީހަކު މާލޭ ސަރަަހައްދުގައި ނުހުންނާނެ ކަމަށެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ މާލޭ ސިޓީގެ މޭޔަރ ބައި އިލެކްޝަންގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ އާޒިމާ ޝަކޫރުގެ މެނިފެސްޓޯ ލޯންޗުކުރުމަށް ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މާލޭ ސިޓީގެ މޭޔަރ ބައި އިލެކްޝަންގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ އާޒިމާ ޝަކޫރުގެ މެނިފެސްޓޯ ލޯންޗުކުރުމަށް ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން އީސް މުއިއްޒު ވިދާޅުވީ ރަސްމާލެ، ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރު ފަޅު އަދި ރަސްމާލެ ހިއްކައިގެން އުފެދޭ ބިމުން ހުރިހާ ރައްޔިތުންނަށް ގެދޮރު ލިބިގެންދާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.