ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން އދ. އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން މިއަދު ވައިޓް އެލާޓް ނެރެފައިވަނީ، ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ހަމައަށް ހިމެނޭ 11 އަތޮޅަކަށެވެ.
ވައިޓް އެލާޓް ނެރެފައިވާ އަތޮޅުތައް
- ހއ. އަތޮޅު
- ށ. އަތޮޅު
- ހދ. އަތޮޅު
- ނ. އަތޮޅު
- ރ. އަތޮޅު
- ޅ. އަތޮޅު
- ބ. އަތޮޅު
- ކ. އަތޮޅު
- އއ. އަތޮޅު
- ވ. އަތޮޅު
- އދ. އަތޮޅު
މެޓް އޮފީހުން ބުނެފައިވަނީ، އެ 11 އަތޮޅަށް ބޯކޮށް ވާރޭވެހުމާއި ގުގުރާނެކަމަށް ލަފާކުރެވެނީ، މިއަދު މެންދުރު ފަހު 14:00 ކުން ރޭގަނޑު 19:00 ޖަހަންދެނެވެ.
ކޮމެންޓު ފޮނުވާ