އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންގެ މަގާމަށް ދެ ބޭފުޅަކު އައްޔަންކޮށްފި

އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންގެ މަގާމަށް ދެ ބޭފުޅަކު އައްޔަންކޮށްފި

Author
ހުސެއިން
04 ޖެނުއަރީ 2024 12:54
0

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް)ގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންގެ މަޤާމަށް ދެ ބޭފުޅަކު ޢައްޔަންކުރައްވައިފިއެވެ.

އެ މަގާމަށް ދެ ބޭފުޅުން އައްޔަންކުރުމގެ ރަސްމިއްޔާތު އޮތީ ރޭ އައިޔޫއެމްގައެވެ.

އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންނަށް ޢައްޔަންކުރެއްވި ދެ ބޭފުޅުންނަކީ ޑރ. އައިޝަތު ވަހީދާ އާއި، އަހްމަދު އަމީން މުހައްމަދެވެ.

ޑރ. އައިޝަތު ވަހީދާ އައްޔަންކުރައްވާފައިވަނީ އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލާ އޮފް އެކެޑަމިކް އެފެއާޒްގެ މަޤާމަށެވެ. އަހުމަދު އަމީން މުހައްމަދު އައްޔަން ކުރައްވާފައި ވަނީ ޑެޕިއުޓީ ވައިސް ޗާންސެލާ އޮފް އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސްގެ މަޤާމަށެވެ.

ދެ ބޭފުޅުންނަށް މަގާމުގެ ލިޔުން ހަވާލު ކޮށްދެއްވީ އައިޔޫއެމްގެ ޗާންސެލާ ޑރ. މުޙައްމަދު ޒާހިރު ހުސައިންނެވެ. އައިޔޫއެމްގެ ވައިސް ޗާންސެލަރަކަށް އައްޔަން ކުރައްވާފައިވަނީ ދީނީ އިލްމުވެރިޔާ ޑރ. އަލީ ޒާހިރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.